ގައަށް ހިއްޕާފައި ހުންނަ ތުނި އެއްޗެތި ލައިގެން މޫދަށް އެރުމަކީ ހެދުން ލައިގެން އޮރިޔާމުން ތިބުން ފަދަ ކަމެއް!: ޝައިޚް ޢަލީ ޒައިދު

އަހުމަދު
ކިޔުމަށް ހޭދަވާނީ 57ސ
ގައަށް ހިއްޕާފައި ހުންނަ ތުނި އެއްޗެތި ލައިގެން މޫދަށް އެރުމަކީ ހެދުން ލައިގެން އޮރިޔާމުން ތިބުން ފަދަ ކަމެއް!: ޝައިޚް ޢަލީ ޒައިދު

"ފިރިހެނުން މޫދަށް އެރޭއިރު ގައަށް ހިއްޕާފައި ހުންނަ ތުނި، ބޮކްސަރ ފާޑުގެ އެއްޗެތި ލައިގެން، އެމަތިން އެއްޗެއްވެސް ނުލާ މޫދަށް އެރުމީ، ހަމަ ހެދުން ލައިގެން އޮރިޔާމުން ތިބުން ފަދަ ކަމެއް! އަންހެނުން ވެސް ހަމަ މިފަދަ! މިކަން މިގޮތަށް ނުކުރުމަށް އެންމެހައި ބޭފުޅުންނަށް ނަޞޭޙަތްތެރިވަން!" 

މިއީ ޝައިޚް ޢަލީ ޒައިދު ކުރައްވާފައިވާ ޓްވީޓެކެވެ.

ޝައިޚް މިމޭރުމުން ވިދާޅުވެފައިވާއިރު މިސްޓަރ މޯލްޑިވްސް ހޮވުން ފަދަ މުބާރާތައް ބާއްވާއިރު މިފަދައިން ފިރިހެނުން ފޭރާން ނުލުމަށް ވެސް ދީނީ ޢިލްމުވެރިން ގެންދަވަނީ އިލްތިމާސް ކުރައްވަމުންނެވެ. ނަމަވެސް އެއްވެސް ބަދަލެއް މިހައިތަނަށް އައިސްފައިނުވާއިރު ގެންދަނީ ޤައުމީ ކަމަކަށް ހަދައި ތަރްޙީބުދެމުންކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން