ޤައަމުގެ ކަންކަން އިޞްލާޙް ކުރުމުގެ ނަމުގަ މަޖިލީހަށް ސެކިޔުލާރ ފިކުރުގެ މީހުން ގެނައުމަކީ ނުރައްކާތެރިކަން ބޮޑު ކަމެއް: ޝައިޚް ޝަފީޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ޤައަމުގެ ކަންކަން އިޞްލާޙް ކުރުމުގެ ނަމުގަ މަޖިލީހަށް ސެކިޔުލާރ ފިކުރުގެ މީހުން ގެނައުމަކީ ނުރައްކާތެރިކަން ބޮޑު ކަމެއް: ޝައިޚް ޝަފީޢު

ޤައަމުގެ ކަންކަން އިޞްލާޙް ކުރުމުގެ ނަމުގަ މަޖިލީހަށް ސެކިޔުލާރ ފިކުރުގެ މީހުން ގެނައުމަކީ ނުރައްކާތެރިކަން ބޮޑު ކަމެއް ކަމަށާއި އެއީ ސައްތައިން ސައްތަ މުސްލިމް ދިވެހިރާއްޖެއަށް ވަރަށް ގެއްލުން ހުރި ކަމެއް ކަމަށް ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

ޝައިޚް ޝަފީޢު ޢަބްދުﷲ މިމޭރުމުން ވިދާޅުވީ "އިސްލާހީ އެޖެންޑާއަށް ތާއީދު ނުކުރާނެ ބަޔަކު ނުތިބޭނެ ކަމަށާއި ނަމަވެސް އެ އެޖެންޑާ ވާން ޖެހޭނީ އިސްލާމްދީނާއި ފުށުނާރާ އެޖެންޑާއަކަށް ކަމަށް އަދި އިސްލާމްދީނާ ފުށުއަރާ، ސެކިއުލާ އެޖެންޑާއެއް ގެނެސް، ރާއްޖެއަކީ ސެކިއުލާ ދައުލަތަކަށް ހެދުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށް" ވިދާޅުވުމުން އެކަމުގެ އިތުރުތަފްޞީލަށް މިއަދު ނޫހުން އެދުމުންނެވެ. 

"ސެކިޔުލާރ" އަކީ ކިޔައިލަން ފަސޭހަ އަދި ރީތި ބަހެއްކަމަށް ބައެއް މީހުންނަށް ހީކުރރެވުނު ނަމަވެސް ސެކިޔުލާރގެ މާނައަށް ބަލައިފިނަމަ އެއީ ވަރަށް ނުރައްކައުތެރި ބަހެކެވެ. ސެކިޔުލާރގެ މާނަ ޑިކްޝަނަރީގައި އޮންނަނީ "ދީނާއި އަދި ދީނީ ކަންކަމާއި އެއްވެސް ގުޅުމެއް ނެތް" ކަމަށެވެ. މާނައަކީ ސެކިޔުލާރ ފިކުރުގެ މީހުންނަކީ އެއްވެސް ދީނަކަށް އަދި ދީނީ އެއްވެސް ކަމަކަށް ސަމާލުކަން ނުދޭ މީހުން ކަމެވެ. 

ރާއްޖޭގައި ތިބި މިފަދަ މީހުންގެ ތެރެއިން ގިނަ މީހުން ގެންދަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރަމުންނެވެ. އެފަދަ މީހުންނަކީ "ލާދީނީ" މީހުން ކަމަށް ބުނެވެނީ އެމީހުންނަކީ އިސްލާމް ދީން ޤަބޫލުނުކުރާ އަދި އިސްލާމް ދީނާއި ދެކޮޅަށް ޢަދާވާތްތެރި އަމަލުތައް ހިންގާ މީހުން ކަމަށްވާތީއެވެ. 

 

ޝައިޚް ޝަފީޢު ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ކަންކަން އިޞްލާޙްކުރުމުގެ ނަމުގައި އިސްލާމްދީނާއި ފުށުއަރާ، ސެކިއުލާ އެޖެންޑާއެއް ގެނެސް، ރާއްޖެއަކީ ސެކިއުލާ ދައުލަތަކަށް ހެދުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. އަދި ތަފާތު ރީތި ޝިޢާރުތަކުގެ ނިވަލުގައި، މުސްލިމުންގެ ދީނީ އަސާސުތައް އުވާލައި، ދީނާ ފުށުއަރާ ކަންކަން ތަޢާރަފުކޮށް، މުސްލިމުން ދީނާއި ދުރުކުރުމަކީ، އަބަދުވެސް ދުޝްމަނުން ކުރަމުން އަންނަ ކަމެއް ކަމަށާއި މިފަދަ ގިރިޓީ ޝިޢާރުތަކުގެ ހެއްލުމުގައި ޖެހުމަކީ ގެއްލުމެއް ކަމަށް ވެސް ޝައިޚް ޝަފީޢް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން