18 މިލިއަން ޚަރަދުކޮށްގެން މާލެ ސަރަޙައްދުގަ ހަދާ އޮލިމްޕިކް ސައިޒްގެ ސުވިމިންގ ޕޫލްގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
18 މިލިއަން ޚަރަދުކޮށްގެން މާލެ ސަރަޙައްދުގަ ހަދާ އޮލިމްޕިކް ސައިޒްގެ ސުވިމިންގ ޕޫލްގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް

މާލެ ސަރަޙައްދުގައި އޮލިމްޕިކް ސައިޒްގެ ސުވިމިންގ ޕޫލެއް ހެދުމަށް ބޭނުންވާ ބިން ކަނޑައެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން. ޖުމްލަ 18 މިލިއަން ރުފިޔާއިން ހަދާ އެ ސުވިމިންގ ޕޫލްގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި މިއީ ބައިނަލްއަޤްވާމީ ކުޅިވަރު މައިދާންތަކުން، ރަން ވަނަތަކަށް އުންމީދުކުރާ ޒުވާނުންނަށް އުފާވެރި ޚަބަރަކަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ ދުޅަހެޔޮ ޞިއްޙަތަކަށް ވާޞިލުވެވޭނެ އެންމެ މުހިންމު ކަމަކީ، ޙަރަކާތްތެރި ދިރިއުޅުމަކަށް އަހުލުވެރިވުން ކަމަށެވެ. ރައްޔިތުން ކަސްރަތަށް އަހުލުވެރިކުރުމަށްޓަކައި، ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރެއް ބެހެއްޓުމުގެ ސިޔާސަތުގެ ދަށުން، ސިވިލް ސަރވިސް އޮނިގަނޑަށް މިހާރުވާނީ، ސްޕޯޓްސް ކައުންސިލަރުންގެ ނަމުގައި 200 މަޤާމު އަލަށް އިތުރުކޮށްފައި ކަމަށެވެ. 

ރައީސް ޞާލިޙް ވިދާޅުވީ ކުޅިވަރުތައް ތަރައްޤީކޮށް އާލާކުރުމަކީވެސް، ހަށިހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށާއި ޤައުމީ ކުޅިވަރުތަކަށް ދިރުން ގެނައުމަށްޓަކައި ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކަށް، އަހަރަކު މަދުވެގެން ފަސް ލައްކަ ރުފިޔާ ދިނުމަށް ނިންމައި، މިހާރު އެކަންވަނީ ހަމަޖެހިފައި ކަމަށެވެ. އަދި އަންހެން އަދި ފިރިހެން ޤައުމީ ޓީމުތަކުގައި ހިމެނޭ ކުޅުންތެރިންނަށް ދޭ އެލަވަންސް އެއްހަމަކޮށް، ހުރިހާ ކުޅިވަރެއްގެ ކުޅުންތެރިންނަށްވެސް، އެލަވަންސް ދޭގޮތަށް މިހާރު ވާނީ ހަމަޖައްސާފައި ކަމަށްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން