ރައްޔިތުންނަށް ލިބޭ އުޖޫރައަކީ، އެ ރައްޔިތަކަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭ މިންވަރުކަން ކަށަވަރު ކުރާނަން: ރައީޞް ޞާލިޙް

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 30ސ
ރައްޔިތުންނަށް ލިބޭ އުޖޫރައަކީ، އެ ރައްޔިތަކަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭ މިންވަރުކަން ކަށަވަރު ކުރާނަން: ރައީޞް ޞާލިޙް

ރައްޔިތުންނަށް ލިބޭ އުޖޫރައަކީ، އެ ރައްޔިތަކަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭ މިންވަރުކަން މި ސަރުކާރުން ކަށަވަރު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ ޤައުމަށް ލިބޭ ޙަޤީޤީ ތަރައްޤީއަކީ، ރައްޔިތުންގެ އަތްމަތި ތަނަވަސްވުން ކަމަށާއި ރައްޔިތުންނަށް ލިބޭ އުޖޫރައަކީ، އެ ރައްޔިތަކަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭ މިންވަރުކަން މި ސަރުކާރުން ކަށަވަރު ކުރާނެ ކަމަށެވެ. އެހެންކަމުން، ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމަށްޓަކައި، ކަމާ ގުޅުންހުރި ފަރާތްތަކާއެކު ގެންދަވަނީ މަޝްވަރާ ކުރައްވަމުން ކަމަށެވެ. 

ރައީސް ޞާލިޙްގެ ރިޔާސީ ބަޔާނުން: 

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުގެ ތެރެއިން،މަސްވެރީންނަށާއި ދަނޑުވެރީންނަށް މާލީ އިދާރާތަކާއި ބޭންކުތަކުގެ ލޯނާއި، ކްރެޑިޓް ސްކީމްގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުގެ ވުޒާރާތަކުން މިހާރު ވަނީ ފަށާފައި.

މަސްވެރި ޢާއިލާތަކުގެ އާމްދަނީ އިތުރުކޮށްދިނުމުގެ ސިޔާސަތުގެ ތެރެއިން، ޑީސަލްގެ އިމްޕޯޓް ޑިއުޓީ މިހާރު ވަނީ ކަނޑާލާފައި. ދަނޑުވެރިކަމަށް އެތެރެކުރާ 158 ބާވަތެއްގެ ތަކެތިން ނަގާ އިމްޕޯޓު ޑިއުޓީވެސް މިހާރު ވާނީ ކަނޑާލާފައި.

މިފްކޯގެ ހިންގުން ހަރުދަނާކޮށް ފޯރުންތެރިކަން އިތުރުކުރުމަކީ، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް. މިގޮތުން މިފްކޯއިން އެކްސްޕޯޓްކުރާ މަހަކީ، ވެލިއު އެޑް ކުރެވިގެން އެކްސްޕޯޓް ކުރެވޭ މަހުގެ ބާވަތްތަކެއް ކަމުގައި ހަދައި،  ދަޅުގައި މަސް ބަންދުކުރުމުގެ ޤާބިލުކަން އިތުރުކޮށް، ފިނިކުރި ރޯމަހުގެ އެކްސްޕޯޓް މަދުކުރުމަކީ ސަރުކާރުގެ އަމާޒެއް.

މިފްކޯގެ ފަރާތުން އައްޑޫ ސިޓީގެ ހުޅުމީދޫގައި ޤާއިމުކޮށްފައިވާ މަސް ކާރުޚާނާ ފުރިހަމަކޮށް، މި އަހަރު މަސައްކަތް ފެށޭނެ. އަދި އިތުރު ރަށްރަށުގައި، އައިސް ޕްލާންޓް ޤާއިމުކޮށް، ފެލިވަރު ކޯލްޑް ސްޓޯރޭޖްގެ ޖާގަވެސް މި އަހަރު އިތުރުކުރެވިގެންދާނެ.

މީގެ އަހަރުތަކެއް ކުރިއާ އަޅައިބަލާއިރު، ރާއްޖޭގެ އިޤްތިޞާދީ ދުވެލި،އެތައް ގުނައަކުން ހަލުވިވެފައި މިވަނީ، ޓެކްސް ނިޒާމު ތަޢާރުފްކުރުމުން. މުޅި ޤައުމުގެ އިޤްތިޞާދީ ނަފާއިން، ދައުލަތަށް ލިބޭ މިންވަރު، މިހާރަށްވުރެ އިތުރުކުރުމަކީ، ޖަޒީރާވަންތަ އިޤްތިޞާދެއް، ކުރިލައި ހެދުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް.

ޓެކްސްގެ ނިޒާމު މިހާރަށްވުރެ ފުރިހަމަކުރުމުގެ ގޮތުން، އަޅުގަނޑު ޤަޞްދުކުރަނީ، އާމްދަނީ ލިބޭ ނިސްބަތަށް ބިނާކޮށް، އިންކަމް ޓެކްސް ނެގުމާބެހޭ ބިލެއް، މި އަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހަޅަން. އެ ބިލް ފާސްވުމުން، އަންނަ އަހަރުގެ ތެރޭގައި އިންކަމް ޓެކްސް ނަގަން ފެށޭނެ. އޭރުން، އަޅުގަނޑުމެން މި އެދޭ، ޖަޒީރާވަންތަ ތަރައްޤީގެ ހިތްފަސޭހަކަން ލިބެން ފަށާނެ.

މިއަދު އޮންލައިން