މިއީ ކުރީގެ ހުރިހާ ސަރުކާރަކުން ސަޅިކަނޑައި ނުކުރެވި އޮތްކަމެއް!- އެޕްރީލް މަހުން ފެށިގެން ހުރިހާ ރަށަކުން ކާޑު ވިއްކާނީ އެއް އަގަކަށް: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
މިއީ ކުރީގެ ހުރިހާ ސަރުކާރަކުން ސަޅިކަނޑައި ނުކުރެވި އޮތްކަމެއް!- އެޕްރީލް މަހުން ފެށިގެން ހުރިހާ ރަށަކުން ކާޑު ވިއްކާނީ އެއް އަގަކަށް: ރައީސް ޞާލިޙް

މާލެއެކޭ އެއް އަގެއްގައި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް، އެޕްރީލް މަހުން ފެށިގެން ކާޑުގެ އަގު ހެޔޮވެގެންދާނެ ކަމަށާއި އެއިރުން މާލެއާއި އެއް އަގެއްގައި ރާއްޖޭގެ ހުރިހާ ރަށަކުންވެސް ކާޑުގެ ބާވަތްތައް ގަންނަން ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކުގައި ރައްޔިތުންގެ މެދުގައި ހަމަހަމަ އުޞޫލު ޤާއިމުކުރުމަކީ، މި ސަރުކާރުން އެންމެ އިސް އެއް ސިޔާސަތު ކަމަށާއި ހުރިހާ ރަށަކުން މާލެއާއި އެއް އަގެއްގައި ކާޑުގެ ބާވަތްތައް ގަންނަން ލިބޭނެ ގޮތް ހަމަ ޖައްސަވައި ދެއްވަނީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެއް އުޞޫލަކުން ފޯރުކޮށްދެއްވުމަށް ކަމަށެވެ.

މިއީ މީގެ ކުރީގެ ހުރިހާ ސަރުކާރުތަކުން ވެސް ކުރާނެ ކަމަށް ބުނެ ސަޅި ބައިސާ ކަނޑާފައިވާ އެހެން ނަމަވެސް އެއްވެސް ސަރުކާރަކަށް ނުކުރެވިފައި އޮތް ކަމެކެވެ.

މިއަދު އޮންލައިން