ފުރަތަމަ ތިމާ!: ތިމާ ޙައްޖުނުވެހުރެ އެހެން މީހުން ޙައްޖަށް ފޮނުވުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ފުރަތަމަ ތިމާ!: ތިމާ ޙައްޖުނުވެހުރެ އެހެން މީހުން ޙައްޖަށް ފޮނުވުމެއް ނެތް!

ތިމާ ފަރުޟު ޙައްޖުނުވެހުރެ މައިންބަފައިން ނުވަތަ އެނޫންވެސް މީހަކު ޙައްޖަށް ފޮނުވުމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވަމެވެ.  

"ތިމާ ޙައްޖުނުވެ ހުރިނަމަ ފުރަތަމަ ޙައްޖުވާންޖެހޭނީ އެމީހެކެވެ. ވީމާ ފުރަތަމަ ކަމަކަށް ތިމާގެ މައްޗަށް ވާޖިބުވެފައިވާ ޙައްޖު އަދާކުރާށެވެ. މައިންބަފައިން ވިޔަސް އެހެންމީހަކުވެސް ޙައްޖަށް ފޮނުވޭނީ ތިމާ ޙައްޖުވުމަށްފަހުގައެވެ."

- ޑރ. މުޙަމައްދު އިޔާޟް ޢަބްދުއްލަޠީފް  

ދެން އޮތީ ހުރިހާ ދަރިންވެގެން މައިންބަފައިން ޙައްޖަށްފޮނުވުމެވެ.  

"ތިމާ ޙައްޖުނުވެހުރިނަމަވެސް މަންމަ، ބައްޕަ، ނުވަތަ މަންމައާ ބައްޕަ ޙއްޖަށް ފޮނުވަން ހުރިހާ ދަރިން ކުރާ ހޭދައެއްގައި ބައިވެރިވެ ޚަރަދުކުރެވިދާނެއެވެ."

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު  

އެންމެ މުހިންމުކަމަކީ ޙައްޖުވުމުގެ ކުޅަދާނަކަން ލިބުމުން ޙައްޖުވުމަށް އަވަސްވެގަތުމެވެ. އެއީ ފަހުން ކުރަން ބާއްވާ ކަމަކަށް ނުހެދުމެވެ. ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ޙައްޖުވުމުގެ ކުޅަދާނަކަން ލިބުމުން ޙައްޖުނުވެ ހުއްޓައި އެކުޅަދާނަކަން އަތުން ބީވެގެން ހިނގައްޖެނަމަ ޙައްޖުނުވިކަމުގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެއެވެ.

 

- މިއަދުނޫސް

 

 

މިއަދު އޮންލައިން