ކޮންމެވެސް ކިޔައިލާތި!: "ބައްޕަ ތިއަދައްކާ ނަމޫނާއަށް އަހުރެމެންވެސް ޢަމަލުކުރާނަން! ދުނިޔޭގަ ހުރެއްޖެނަމަ ކާފަގެ ޢުމުރަށް ނުދަނީސް އަހުރެމެން ބައްޕަ ފޮނުވާލާނަން!": ދަރިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ކޮންމެވެސް ކިޔައިލާތި!: "ބައްޕަ ތިއަދައްކާ ނަމޫނާއަށް އަހުރެމެންވެސް ޢަމަލުކުރާނަން! ދުނިޔޭގަ ހުރެއްޖެނަމަ ކާފަގެ ޢުމުރަށް ނުދަނީސް އަހުރެމެން ބައްޕަ ފޮނުވާލާނަން!": ދަރިން

އޭނާއަށް ލިބުނު 3 ދަރިން ބޮޑެތިވެ ދޮށީ ދަރިފުޅަށް 20 އަހަރެވެ. އޭނާގެ ބައްޕަގެ ޢުމުރަކީ 75 އަހަރެވެ. 3 ދަރިންވެސް ކާފަދެކެ ވަރަށް ލޯބިވެއެވެ. އެއީ ދަރިންގެ މަންމަ އެގޮތުގައި ދަރިން ތަރުބިއްޔަތުކޮށްފައިވާތީއެވެ.  

ކާފައަކީ ތަންކޮޅެއް އަނގަ ގަދަ މީހެކެވެ. އެހެންވެ ބައްޕަ ރުޅިގަދަވާކަން ދަރިންނަށް އެނގެއެވެ. މަންމަ މަސައްކަތްކުރަމުން ދިއައީ އެކަން ކަމަކަށްނުވެ ނިމެތޯއެވެ. ނަމަވެސް ކަންތައް ދިމާވިގޮތުން މަންމަ ނިޔާވުމާއިއެކު ބައްޕަ މަސައްކަތްފެށީ ރަށަކަށް ކާފަ ފޮނުވައިލުމަށެވެ. ކަސްރަތުކޮށް ހިނގާލައި އުޅެން ފަސޭހަވާނެ ކަމަށް ބުނެއެވެ. މޫދަށް އެރިލައި އުޅުމުން ކަސްރަތުލިބި ޞިއްހަތު ރަނގަޅުވާނެ ކަމަށް ބުނެއެވެ. ކާފަ އެކަމަކަށް ހިތްހަމައެއް ނުޖެހެއެވެ. ނަމަވެސް އެކަމަށް ބަހެއް ނުބުނެއެވެ.  

އެކަން ރާވަމުންގެންދާކަން ދަރިންނަށް އެނގެއެވެ. އެންމެ ފަހު ވަޤުތު އެކަމަށް ފުންމައިގެން ތެދުވީ ދަރިންނެވެ. ބުންޏެވެ. "ބައްޕާއެވެ! ބައްޕަ އަހުރެމެންނަށް ތިއަ ނަގައިދެނީ ފިލާވަޅެކެވެ. މާލޭގައިވެސް ކާފަ އަށް ތިއ ކަންކަން ކޮށްދޭން ގެންދެވޭނެ ތަންތަން ހުއްޓައި ބައްޕަ ތިއަ އިޚްތިޔާރުކުރީ ކާފަ ފޮނުވައިލުމަށެވެ. އެހެންވީމާ ބައްޕަ ދުނިޔޭގައި ހުރެއްޖެނަމަ ކާފަގެ ޢުމުރަށް ދިއުމުގެ ކުރިން އަހުރެމެން ބައްޕަ ރަށަކަށް ފޮނުވައިލާނަމެވެ."

ދަރިންގެ ވާހަކައިގެ އަޑުއިވުމުން ބައްޕަ ޙައިރާންވިއެވެ. ބުނާނެ އެއްޗެއް ނުއެނގުނެވެ. އެހެންވެ އަނގައަކުން ނުބުނެއެވެ. ނަމަވެސް ކާފަ ފޮނުވައިލާކަށް ނުކެރުނެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިއީ ހިނގާފައިވާ ކަމެކެވެ. ޢުމުރުން ދުވަސްވުމުން މައިންބަފައިން ބެލުން ބުރައަކަށް ހެދުމަކީ އެކަން ތިމާއާއި ބައްދަލުކުރާނެ އެވެ. އެއީ ކުރަން ހެޔޮވާނެ ކަމެއް ނޫނެވެ. ދަރިންނަށް ރަނގަޅު ނަމޫނާ ދައްކާށެވެ! އެކަމުން އެމީހަކަށް ފައިދާކުރާނެއެވެ.

ޢުމުރުން ދުވަސްވުމުން މައިންބަފައިން ނުބަލައި ދޫކޮށްލަންވީއެއް ނޫނެވެ. އޮތީ ބޮޑަށް ހެޔޮކޮށް ހިތުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ލިބެން އޮތް ޘަވާބާއި ދަރުމަ ލިބިގަތުމެވެ. އުންމީދުކުރަންވީ ސުވަރުގެއަށެވެ. ސުވަރުގެ ވަނުމަށް އެންމެ ފަސޭހައިން މަގުފަހިވާން އޮތް ފުރުޞަތު ދޫކޮށްލަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން