އަހުރެމެން މިބުނެދޭ ކަންކަމަކީ ބޭސްފަރުވާކަން ގިނަބައަކަށް ނުއެނގިދާނެއެވެ. ނަމަވެސް މިބުނެދެނީ ޞިއްހަތަށް ފަރުވާއަކަށްވެ ފައިދާކުރާނެ ބައެއް ކަންކަމެވެ. އަދި މިކަންމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަންކަމެވެ.
--އަވަހަށް ނިދުން
--ކަންކަމަށް މާބޮޑަށް ނުވިސްނުމާ ހިނިތުންވާން މަސައްކަތްކުރުން
--ކައިގެން 15 މިނިޓްވަރު ހިނގާލުން
--އަރައިގެން އަންނައިރުގެ ހޫނުގައި 20 މިނިޓް ހިނގާލުން
--ބަނޑަށް ބޭނުންވާވަރަށްވުރެ ގިނައިން ނުކެއުން
--ކޮންމެ ދުވަހަކުވެސް ހަށިގަނޑަށް ފައިދާހުރި ތާޒާ ތަރުކާރީގެ ބާވަތައް ކެއުން
--ފެހިކަން ގަދަ ފަތް ތާޒާކަންމަތީގަ ކެއުން
--ރުޅި ގަދަނުވުން
--ބައިވެރިޔާއާއިއެކު އުފަލުގަ ދިރިއުޅެން މަސައްކަތްކުރުން
މިކަންކަމަށް ގިނަ ބައަކު އިހްމާލުވެއެވެ. އެއީ ޞިއްޙަތަށް ދެވޭ ވަރަށް ބޮޑު ގެއްލުމެކެވެ. މިބުނި ކަންކަން ކުރުމުން ޞިއްޙަތަށް ކުރާނެ ފައިދާގެ މައްޗަށް ޢިލްމީ މާހިރުންވަނީ ބޮޑެތި ފޮތްތައްވެސް ލިޔެފައެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު