ކޮމަންވެލްތު ލީޑަރުންނާއި ސީއީއޯއިންގެ އިންވެސްޓްމަންޓް ސަމިޓުގައި މިނިސްޓަރު އަލީ ޝަރީފް ބައިވެރިވެވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކޮމަންވެލްތު ލީޑަރުންނާއި ސީއީއޯއިންގެ އިންވެސްޓްމަންޓް ސަމިޓުގައި މިނިސްޓަރު އަލީ ޝަރީފް ބައިވެރިވެވަޑައިގެންފި

ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުން (ޗޮގަމް 2026) ގެ ހަވާސާގައި ބޭއްވި "ކޮމަންވެލްތު ލީޑާސް އެންޑް ސީއީއޯ އިންވެސްޓްމަންޓް ސަމިޓް" ގައި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓަރު އަލީ ޝަރީފް ބައިވެރިވެވަޑައިގެންފިއެވެ. މި ސަމިޓް ކުރިއަށްދިޔައީ އެންޓީގުއާ އެންޑް ބާބިއުޑާގައެވެ.

މި ސަމިޓަކީ 2030 ވަނަ އަހަރުގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެޖެންޑާ 2030) ހާސިލުކުރުމަށްޓަކައި، ސަރުކާރުތަކާއި އަމިއްލަ ވިޔަފާރިތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތުތައް ފަހިކުރުމުގެ މަޤްޞަދުގައި ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންނާއި، ދުނިޔޭގެ ނުފޫޒުގަދަ ކުންފުނިތަކުގެ އިސް ވެރިން (ސީއީއޯއިން) އެއްތަންވެ، އިޤްތިޞާދީ ކުރިއެރުމަށާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ފުޅާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ސަމިޓުގެ ތެރެއިން ދިވެހިރާއްޖެއަށް ފައިދާހުރި ދާއިރާތަކުން އިންވެސްޓްމަންޓްތައް ހޯދުމަށާއި، ބައިނަލްއަޤްވާމީ ފަރާތްތަކާއެކު އޮންނަ އިޤްތިޞާދީ ގުޅުންތައް ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން