ބާރަށުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ބާރަށުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފި

ހއ. ބާރަށުގެ ކުނި މެނޭޖުކުރުމުގެ އެންމެހައި މަސައްކަތްތައް ރަސްމީކޮށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ބާރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ކުނި މެނޭޖުކުރުމުގެ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޢަބްދުﷲ ޝިނާންއެވެ. އަދި ބާރަށު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަލީ ޝަމީމެވެ.

މި އެއްބަސްވުމުގެ ދަށުން، ބާރަށުގައި ކުނި އުކާލުމާއި، ކުނި މެނޭޖުކުރުމުގެ އެންމެހައި މަސައްކަތްތައް ދެން ކުރިއަށް ގެންދާނީ ވެމްކޯގެ ބެލުމުގެ ދަށުންނެވެ. މިއީ ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ކުނީގެ މައްސަލައަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ބާރަށު ކައުންސިލުން ވިދާޅުވީ، ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯ ފަދަ ތަޖުރިބާކާރު ކުންފުންޏަކާ ހަވާލުކުރުމަކީ ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި، ރައްޔިތުންނަށް މި ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

މިއަދު އޮންލައިން