ތިލަމާލެ ބްރިޖު: ވިލިމާލެއާއި ގުޅިފަޅު ގުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ތިލަމާލެ ބްރިޖު: ވިލިމާލެއާއި ގުޅިފަޅު ގުޅުވާލައިފި

ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ތިލަމާލެ ބްރިޖު) ގެ މަސައްކަތުގެ ތެރެއިން ވިލިމާލެއާއި ގުޅިފަޅު ގުޅުވައިދޭ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށް، އެ ދެ ރަށް ބްރިޖުން އެއްކޮށް ގުޅުވާލައިފިއެވެ. މިއީ މުޅި ބްރިޖު މަޝްރޫއުގެ މަސައްކަތަށް ލިބިގެންދިޔަ ވަރަށް މުހިންމު ބޮޑު ކުރިއެރުމެކެވެ.

މި ކާމިޔާބީއާ ގުޅިގެން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ސޯޝަލް މީޑިއާގައި ވިދާޅުވީ، ވިލިމާލެއާއި ގުޅިފަޅާ ދެމެދު އަޅާ ބްރިޖުގެ އެންމެ ފަހު ސެގްމެންޓް ބެހެއްޓުމާއެކު ދެ ރަށް ގުޅިގެން ދިޔުމަކީ ފާހަގަކޮށްލެވޭ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި މި ކުރިއެރުމުގެ ސަބަބުން އިތުރަށް ގުޅިލާމެހިފައިވާ މުސްތަޤުބަލަކާ ގާތަށް ވާސިލުވެވިއްޖެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

thilamaale bridge

ވަޒީރު ވަނީ މި މަސައްކަތުގައި ހަރަކާތްތެރިވާ ކޮންޓްރެކްޓަރު އެފްކޮންސް އާއި، އިންޖިނިއަރިން ކޮންސަލްޓަންޓް އަރޫޕް އަދި ވުޒާރާގެ ޓީމަށް މަރުޙަބާ ވިދާޅުވެފައެވެ. މީގެ އިތުރުން މި މަޝްރޫއަށް އިންޑިއާ ސަރުކާރުން ވެދެއްވާ އަގުހުރި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި ކާމިޔާބީ ހާސިލުކުރުމަށް ބުރަކޮށް މަސައްކަތްކުރި ހުރިހާ ފަރާތްތަކަށްވެސް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަކީ އިންޑިއާގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއު ހިންގުމަށް އިންޑިއާގެ އެގްޒިމް ބެންކުން ވަނީ ލައިން އޮފް ކްރެޑިޓްގެ ދަށުން 400 މިލިއަން ޑޮލަރުގެ ލޯނެއް ދޫކޮށްފައެވެ. މީގެ އިތުރުން އިންޑިއާ ސަރުކާރުން ވަނީ މި މަޝްރޫއަށް 100 މިލިއަން ޑޮލަރުގެ ހިލޭ އެހީވެސް ފޯރުކޮށްދީފައެވެ.

މިއަދު އޮންލައިން