ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް އަލްއުސްތާޛު އާދަމް ޝަމީމް އައްޔަންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް އަލްއުސްތާޛު އާދަމް ޝަމީމް އައްޔަންކޮށްފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގެވުމާ ހަވާލުވެވަޑައިގަންނަވާ އެންމެ އިސް ވެރިޔާ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމުގެ މަޤާމަށް އަލްއުސްތާޛު އާދަމް ޝަމީމް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އައްޔަނުކުރައްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވީ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ދ. މާއެނބޫދޫ، މަލާޒް، އަލްއުސްތާޛު އާދަމް ޝަމީމު އައްޔަނުކުރައްވަން ނިންމެވީ އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައެވެ.

އާދަމް ޝަމީމް މި މަޤާމަށް އައްޔަނުކުރައްވާފައިވަނީ، މި މަޤާމަށް ކުރިމަތިލެއްވި ފަރާތްތައް އިވެލުއޭޓް ކުރުމަށްފަހު އިންޓަރވިއު ޕެނަލުން ކޮމިޝަނަށް ހުށަހެޅި ރިޕޯޓުގައިވާ ގޮތުގެމަތީންނެވެ. އެގޮތުން، މަޤާމަށް އެދި ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، އިންޓަރވިއު މަރުޙަލާއިން އެންމެ މަތިން މާކްސް ހޯދާފައިވަނީ އާދަމް ޝަމީމް ކަމަށް ޖޭއެސްސީން މަޢުލޫމާތު ދެއްވައެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިދާރީ ހިންގުން ވިލަރެސްކޮށް، ޝަރުޢީ ދާއިރާގެ އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރައްވާ އެންމެ އިސް ފަރާތެވެ.

މިއަދު އޮންލައިން