ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބާއްވައިފިއެވެ.

މި ބައްދަލުވުން ބައްވާފައިވަނީ މިމަހުގެ 15 އިން 16 އއ. އުކުޅަހުގައެވެ.

ދިވެހި ރާއްޖޭގެ އެނެސްތީސިއޮލޮޖިސްޓުންގެ ޖަމިއްޔާ (MAA) އާއި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއި ގުޅިގެން ބޭއްވި މި ކޮންފަރެންސްގައި ޖުމްލަ 220 ބައިވެރިން ބައިވެރިވިއެވެ. އޭގެތެރެއިން ސާކްގެ އެކި ޤައުމުތަކުން އެނެސްތީސިއޮލޮޖީ ދާއިރާގެ 190 ތަޖުރިބާކާރުން ބައިވެރިވިއެވެ.

މިގޮތުން އިންޑިޔާ، ޕާކިސްތާން، ބޫޓާން، ސްރީލަންކާ، ނޭޕާލް ފަދަ ގައުމުތަކުގެ ފާހަގަކޮށްލެވޭ ސްޕެޝަލިސްޓް ޑޮކްޓަރުން، ސިއްޙީ ޚިދުމަތްތެރިންނާއި ކީނޯޓް ސްޕީކާރސް ވަނީ ބައިވެރިވެފައެވެ.

މި ކޮންފެރެންސްގައި ރާއްޖޭގައި އެނެސްތީސިއޮލޮޖީ ދާއިރާގައި ކިޔަވައި ދިނުމަށް ހުރި ފުރުސަތުތަކާއި، ކްލިނިކަލް ތަޖުރިބާ، ރިސާރޗާއި، މައުލޫމާތާއި ތަޖުރިބާތައް ހިއްސާކޮށް، މިދާއިރާ ތަރައްގީކުރުމަށް ގައުމުތައް ގުޅިގެން ކުރެވިދާނެ މުހިއްމު މަސައްކަތްތަކުގެ މައްޗަށް މައުލޫމާތު ބަދަލުކުރެވުނެއެވެ.

އަދި މި ރީޖަންގެ ސްޕެޝަލިސްޓުން މިދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ޕްރޮފެޝަނަލް ނެޓްވޯކްތައް ބިނާކުރުމާއި، އެކި ޤައުމުތަކުގެ ބެސްޓް ޕްރެކްޓިސްތައް ދެނެގަތުމާއި ފުރުޞަތުތައް ހޯދުންވެސް ހިމެނެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން