ޑޮލަރުގެ އަގުގެ ވަބާއަކީ އެމްޑީޕީން ޗާޕްކުރި 8 ބިލިއަން ރުފިޔާކަން މިއޮތީ ފެންނަން! 2023 ވަނަ އަހަރު ސަރުކާރުން ދޫކުރީ އެންމެ 36 މިލިއަން! މިއަހަރުގެ މިހާތަނަށް އެކަނިވެސް 81 މިލިއަން ދޫކޮށްފި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ޑޮލަރުގެ އަގުގެ ވަބާއަކީ އެމްޑީޕީން ޗާޕްކުރި 8 ބިލިއަން ރުފިޔާކަން މިއޮތީ ފެންނަން! 2023 ވަނަ އަހަރު ސަރުކާރުން ދޫކުރީ އެންމެ 36 މިލިއަން! މިއަހަރުގެ މިހާތަނަށް އެކަނިވެސް 81 މިލިއަން ދޫކޮށްފި!

ސަޅި ބައިސާ ކަނޑައި ރައްޔިތުންނަށް އޮޅުވާލަން ވާހަކަދެއްކިދާނެއެވެ. ހިސާބުތައް މިހުރީއެވެ. 2023 ވަނަ އަހަރު 15.42 އަށް ވިއްކީ އެންމެ 36.9 މިލިއަން ޑޮލަރެވެ. 2024 ވަނަ އަހަރު 40.5 މިލިއަން ޑޮލަރު ވިއްކއެވެ. 2025 ވަނަ އަހަރު 61.2 މިލިއަން ޑޮލަރު ވިއްކިއެވެ. މިއަހަރުގެ މިހައިތަނަށް އެކަނިވެސް ވަނީ 81.2 މިލިއަން ޑޮލަރު ވިއްކައިފައެވެ.  

މިއެނގެނީ 2023 ވަނަ އަހަރަށްވުރެ މިއަހަރުގެ މިހައިތަނަށް ވިއްކި ޢަދަދުއެކަނިވެސް 3 ގުނައާއި ގާތްކުރާކަމެވެ. މިޢަދަދަށް ވިއްކާއިއެވަނީ އެމްޑީޕީގެ ސަރުކާރުން ދަރަނީގެ ނަމުގައި ނަގައި ރައްޔިތުންނަށް އެކަމުން ކުރި ފައިދާއެއް ނުފެނުނު ބޮޑެތި ދަރަނިތައް ބައަކަށް ނުވިކި އަނބުރައި އަދާކުރަމުންނެވެ.  

ވަޒީރު ސަޢީދުގެ ބަސްފުޅު:  

ހިސާބު ޢަދަދުތައް ދައްކަނީ މިކަމުގައިވެސް އެމްޑީޕީގެ އަޑާއި މަންޒަރު ދިމާނުވާކަން. މިދެންނެވީ، ރަސްމީ ރޭޓު (15.42ގެ ރޭޓުން)، 2 ސަރުކާރު އަޅާކިޔާލާއިރު، ބޭންކު މެދުވެރިކޮށް ޔޫއެސްޑޮލަރު ދޫކުރެވުނު ނިސްބަތް އަދި ޢަދަދުތައް މާބޮޑަށްވެސް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން (މީގެ ކުރީގެ ސަރުކާރުތަކާއި އަޅާބަލާއިރު) ކުރީގައި އުޅޭކަން. 

އެއީ އަދި އެމްޑީޕީ ސަރުކާރު ނިމުނުއިރު ދޫކޮށްފައިދިޔަ ބިޔަ ބޮޑު ދަރަނިން ބަޔެއް (1.2 ބިލިއަން ޑޮލަރު) ވެސް ދައްކާ ރާއްޖެ ބަނގުރޫޓު ވުމުން ސަލާމަތްކޮށް!! އެއީ ބޭންކުން ވިޔަފާރި ތަކަށް ދޫކުރާ، ޓީޓީ ކަމުގައިވިޔަސް، ބޭސްފަރުވާ، ދަރިވަރުންނަށް ފޮނުވާފައިސާ، ޙައްޖު ޢުމްރާ އަދި ބޭރަށްފުރާ ފަރާތްތައް ކަމުގައި ވީނަމަވެސް އެކަންއޮތީ ހަމަ މިދެންނެވިގޮތަށް! މި ސަރުކާރުން ރައްޔިތުންގެ މިފަދަ ބޭނުންތަކަށް ދޫކުރި ޑޮލަރު މާ ގިނަ. ރަޢީސް މުޢިއްޒުގެ ވެރިކަމުގައި އެމަނިކުފާނު އެގެންދަވަނީ، އެމްޑީޕީ މިޤައުމު ވައްޓާލި އިޤްތިޞާދީ އަނދަވަޅުން ސަލާމަތް ކުރައްވަމުން.

މިއަދު އޮންލައިން