ރައީސް ޑރ. މުޢިއްޒު ޔޫއޭއީގެ ރައީސާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރައީސް ޑރ. މުޢިއްޒު ޔޫއޭއީގެ ރައީސާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނާ މިއަދު ފޯނުން ގުޅުއްވައި މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.

މި ފޯނު ކޯލުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމާ ބެހޭގޮތުންނާއި، އެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއެވެ. ޚާއްޞަކޮށް، ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ އިޤްތިޞާދީ އަދި ތަރައްޤީގެ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެ ގައުމުގެ ވެރިން މަޝްވަރާ ކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ތަރައްޤީގެ ބައިވެރިކަން ފުޅާކޮށް، ދެ ޤައުމުގެ ރައްޔިތުންގެ ކުރިއެރުމާއި ލާބައަށްޓަކައި ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމް ދެ ބޭފުޅުން ވަނީ އާކުރައްވާފައެވެ. މީގެ އިތުރުން، ދެ ޤައުމުން އިސްކަންދޭ ބައިނަލްއަޤްވާމީ މައްސަލަތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވައި، ސަރަޙައްދީ ސަލާމަތާއި ހަމަޖެހުން ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

މި މަޝްވަރާތަކުގެ ސަބަބުން ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރު ހަރުފަތަކަށް ދާނެ ކަމަށް އުންމީދު ކުރެވެއެވެ.

މިއަދު އޮންލައިން