"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމުގެ ފުރުސަތު ހަތަރު ދާއިރާއަކަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމުގެ ފުރުސަތު ހަތަރު ދާއިރާއަކަށް ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާ ރައްޔިތުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުސަތު ދެއްވުމަށްޓަކައި ސަރުކާރުން ފަށްޓަވާފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހަތަރު ދާއިރާއަކަށް މިއަދު ހުޅުވާލައިފިއެވެ.

މި ފަހަރު މި ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ. މިއީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޚިޔާލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

"ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި މިކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް https://rayyithungeadu.presidency.gov.mv/ މެދުވެރިކުރައްވައި ނަން ނޯޓުކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. ނަން ނޯޓުކުރުމުގެ ސުންގަޑިއަކީ 27 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ރޭ 12:00 އެވެ.

މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލާއި އިތުރު ތަފްސީލުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެއެވެ. މިއީ ސަރުކާރުން ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު ސިލްސިލާއެކެވެ.

މިއަދު އޮންލައިން