މޯލްޑިވިއަންގެ ފްލީޓަށް އާ ބޯޓެއް ގެނެސް، ލަގްޒަރީ ޚިދުމަތްތަކަށް އަމާޒުހިފައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
މޯލްޑިވިއަންގެ ފްލީޓަށް އާ ބޯޓެއް ގެނެސް، ލަގްޒަރީ ޚިދުމަތްތަކަށް އަމާޒުހިފައިފި

ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ޚިދުމަތްތައް ރާއްޖޭގެ މަތީ ފަންތީގެ ލަގްޒަރީ ރިސޯޓުތަކުގެ ފެންވަރަށް މަތިކުރުމަށް އަމާޒުހިފާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޗެއާމަން އަދި ސްޓޭޓް މިނިސްޓަރ އަޙުމަދު ޝަފީޢު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މޯލްޑިވިއަންގެ ފްލީޓު ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަލަށް އިތުރުކުރި ބީޗްކްރާފްޓް ކިންގ އެއާ 360 މަރުކާގެ ބޯޓު ރާއްޖެ ގެނައުން ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

shafeeu

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަޙުމަދު ޝަފީޢު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ލަގްޒަރީ ފަތުރުވެރިކަމެއް އޮތް ޤައުމެކެވެ. އެހެންކަމުން، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމުވެސް އެ ފެންވަރަށް ބައްޓަންކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކުގައިވެސް މި ލިބިގެންދާ ފެންވަރުގެ ޚިދުމަތެއް މި އެއާލައިނުގެ ފަރާތުން ފޯރުކޮށްދިނުން. ޚާއްޞަކޮށް ސެކްޓަރގެ ފަރާތްތަކާއި ދަތުރުކުރާ ފަސިންޖަރުންގެ އިތުބާރު އުފެއްދުން އެއީ އަޅުގަނޑުމެންގެ މައިގަނޑު އަމާޒު،" ޗެއާމަން ވިދާޅުވިއެވެ.

މި އާ ބޯޓު މެދުވެރިކޮށް ދެވޭ ލަގްޒަރީ ޚިދުމަތަކީ 'ނީލާ ކޮރެލްސް' އާ ގުޅިގެން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޚިދުމަތެކެވެ. ނަމަވެސް މި ޚިދުމަތް ވަކި ބަޔަކަށް އެކަނި ހަނިކޮށްލުމުގެ ބަދަލުގައި، ރާއްޖޭގެ އެހެނިހެން ރިސޯޓުތަކަށާއި ވިޔަފާރިވެރިންނަށް ވެސް ހުޅުވާލެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން ޕްރައިވެޓް ޗާޓަރު ދަތުރުތަކުގެ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ވެސް މި ބޯޓުގެ ޚިދުމަތް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން