ޑަބްލިއު އެޗްއޯ އާއި އިންޓަނޭޝަނަލް އޭޖެންސީ ފޯ ރިސަރޗް އޮން ކެންސަރ (އައި.އޭ.އާރު.ސީ) ގުޅިގެން ހެދި ފަހުގެ މުހިންމު "އެނޭލިސިސް" އަކުން ދައްކާ ގޮތުގައި 2050 އަންނަން ވާއިއިރު، ކެންސަރު ޖެހިފައިވާ މީހުންގެ އަދަދު ގާތްގަނޑަކަށް ދެގުނަ ވެދާނެކަމަށް އަންދާޒާ ކޮށްފައި ވެއެވެ.
ނަމަވެސް، ނޭޗަރ މެގަޒީންގައި ޕަބްލިޝްކޮށްފައިވާ "އެނޭލިސިސް" ބުނާ ގޮތުން މިއަދަދުގެ ބޮޑުބަޔަކީ ލައިފްސްޓައިލް އަށް ގެންނަ ބަދަލު ތަކަކުން ބަލިޖެހުން ދުރުކުރުވިދާނެ ބައެކެވެ. "އެނޭލިސިސް" ބުނާގޮތުން އަލަށް ކެންސަރުޖެހޭނެ ކަމަށް ބެލެވޭ ކޮންމެ ދިހަ މީހެއްގެ ތެރެއިން ހަތަރު މީހަކަށް ބަލިޖެހުން ދުރުކުރެވިދާނެއެވެ. "އެނޭލިސިސް" އިން ފެނުނު އަނެއް ހަގީގަތަކީ އަންހެނުންނަށް ވުރެ ފިރިހެނުންނަށް ކެންސަރު ޖެހޭލެއް ގިނަ ކަމެވެ. "އެނޭލިސިސް" ގައި 30 ރިސްކް ފެކްޓަރ ނުވަތަ ނުރައްކާ، އަދި ބަލިޖައްސުވަފާނެ 9 ވައްތަރެއްގެ އިންފެކްޝަން ފާހަގަ ކޮށްފައި ވެއެވެ.
ޑަބްލިއު އެޗްއޯ ގެ "އެނޭލިސިސް" ޕަބްލިޝް ކޮށްފައިވަނީ ޖުލައި 8 ވަނަ ދުވަހުއެވެ. މިވަގުތު ބަލިޖެހެމުންދާކަމަށް ފެންނަ "ޓްރެންޑް" ގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓް ބުނާގޮތުން 2050 އަންނަން ވާއިރަށް ކެންސަރު ޖެހިފައިވާ މީހުންގެ އަދަދު 66.7 އިންސައްތަ އިތުރު ވުމަކީ އެކަށީގެންވާ ކަމެކެވެ.ޚާއްސަކޮން ބަލި ދެނެގަނެ ވަގުތުން ފަރުވާ ލިބުން ދަތި ފަގީރު ގައުމުތަކުގައި ބަލިޖެހޭ މީހުންގެ އަދަދު އިތުރު ވާނެ ކަމަށް ވަނީ ބުނެފައެވެ.
ނަމަވެސް ރިޕޯޓްގައި އުންމީދުވެސް އައު ކޮށްދީފައި ވެއެވެ. ފަހުގެ އެނޭލިސިސްގެ ކުރިން،ފެބްރުއަރީ 3 ވަނަދުވަހު ވަނީ "ޕްރިވެންޓަބްލް ކެންސަރ" ނުވަތަ ކެންސަރުން ސަލާމަތް ވެވިދާނެ ގޮތް ތަކަށް ބަލާލާވެސް "ނޭޗަރ މެޑިސިން" މަޖައްލާގައި ރިޕޯޓެއް ޕަބްލިޝްކޮށްފައެވެ.
ފަހުގެ "އެނޭލިސިސް" ގައިވެސް 30 "ރިސްކް ފެކްޓަރ" ބުނެދީފައިވާއިރު، ލައިފްސްޓައިލަށް ގެންނަ ބަދަލު ތަކުންނާއި ސިއްހަތަށް ބަލައިގެން އުޅެގެން ކެންސަރު ދުރު ކުރެވިދާނެ ގޮތްތަކެއް ވަނީ ފާހަގަ ކޮށްފައެވެ.
ވަގުތުގައި ބަލިދެނެގަނެ، ފަރުވާ ދެވޭގޮތަށް އޮންނަ މުއްސަނދި ގައުމުތަކާއި މިކަން އެގޮތަށް ނެތް ފަގީރު ގަމުތަކާދެމެދު މިކަމުގައި ފަރަގު ވަރަށް ބޮޑުކަން ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.
މިސާލެއްގެ ގޮތުން ބަލާނަމަ 2025 ވަނަ އަހަރު މުއްސަންދި ގައުމުތަކުގައި އުރަމަތީގެ ކެންސަރު ޖެހުނު މީހުންގެ 60 އިންސައްތަ މީހުން ވަނީ ބަލީގެ ކުރީކޮޅު ބަލިދެނެގަނެވިފައެވެ. އަނެއްކޮޅުން ފަގީރު އަދި މެދުފަންތީގެ ގައުމުތަކުގައި ބަލީގެ ކުރީކޮޅުގައި ބަލިދެނެގަނެވިފައިވަނީ 28 އިންސައްތަ މީހުންނަށް ކަމަށް ވެއެވެ. އުރަމަތިގެ ކެންސަރުގެ ގިނަ ވައްތަރު ތަކަކީ ކުރީކޮޅުގައިފަރުވާ ދެވިއްޖެ ނަމަ އެއިން ސަލާމަތްވާނެ ވައްތަރު ތަކެކެވެ.
ކެންސަރ އަކީ ގިނަބަޔަކަށް އެއިން އަސަރު ކުރާ، ވަރަށް "ޕަރސަނަލް" ބައްޔެކެވެ.ނަމަވެސް ބަލިން ސަލާމަތްވުން، އެމީހަކު އުފަންވީ ވަކިގައުމަކަށް ކަމަށްވާތީ ނުވަތަ ފަގީރެއް ކަމަށް ވުމުގެ މައްޗަށް ބިނާވެގެން ނުވާނެ ކަމަށް ޑަބްލިއު އެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް ވިދާޅުވެފައި ވެއެވެ.
އައިއޭއާރުސީގެ ރިޕޯޓް ގައި 185 ގައުމަކުން 36 ވައްތަރެއްގެ ކެންސަރާބެހޭ މައުލޫމާތު މައުލޫމާތު އެއްކޮށްފައި ވެއެވެ. މީގެ ތެރޭގައި ފުއްޕާމޭގެ ކެންސަރު،ކްލޯރެކްޓަލް ކެންސަރ،ސަރވިކަލް ކެންސަރ،ބަނޑުގެ ކެންސަރ ، ލުކީމިޔާ އަދި ހަމުގެ ކެންސަރު ހިމެނެއެވެ. އަންހެނުންނަށް ޖެހޭ ކެންސަރު ތަކުގެ ތެރެއިން އެންމެ ގިނައިން ކެންސަރު ފެންނަނީ އެފްރިކާގެ ސަބްސަހާރާ ގައުމުތަކުންނެވެ.
ކެންސަރު ޖައްސާ 9 މައިގަނޑު އިންފެކްޝަން ރިޕޯޓްގައި ފާހަގަކޮށްފައި ވާއިރު، މިހުރިހާ އިންފެކްޝަން ތަކަކީވެސް ބައްޔަށް ސްކްރީންކުރެވި ވެކްސިނޭޓް ކުރެވިއްޖެނަމަ ޙައްލުކުރެވިދާނެ ކަންކަންކަމަށް ވަނީ ބަލައިފައެވެ.