ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން ޑިޖިޓަލް އެރައިވަލް ކާޑު ފުރުމަށް މޯލްޑިވިއަނުން އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން ޑިޖިޓަލް އެރައިވަލް ކާޑު ފުރުމަށް މޯލްޑިވިއަނުން އިލްތިމާސްކޮށްފި

ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން އެ ޤައުމަށް އެތެރެވުމުގެ ކުރިން ފުރަންޖެހޭ ޑިޖިޓަލް އެރައިވަލް ކާޑު (ޓީ.ޑީ.އޭ.ސީ) ފުރުމަށް ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަނުން އިލްތިމާސްކޮށްފިއެވެ. މިކަމަކީ ދަތުރުވެރިންނަށް ލުއިފަސޭހަކަމާއެކު ތައިލެންޑަށް އެތެރެވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން ކުރަންޖެހޭ ކަމެކެވެ.

މޯލްޑިވިއަނުން ބުނެފައިވާ ގޮތުގައި، ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން އެ ޤައުމަށް ދިއުމުގެ 3 ދުވަސް ކުރިން ޑިޖިޓަލް އެރައިވަލް ކާޑު ފުރަންވާނެއެވެ. މި ކާޑު ފުރުމަކީ ދަތުރުގެ ކަންކަން ކުރިއަށް ރޭވުމަށާއި، އެއާޕޯޓުގައި ހޭދަވާ ވަގުތު ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އެ އެއާލައިނުން ފާހަގަކުރެއެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަނުން ބުނެފައިވަނީ، "ދަތުރު ފެށުމުގެ ކުރިން، ތައިލެންޑަށް އެތެރެވާ ތާރީޚުގެ 3 ދުވަސް ކުރިން ޑިޖިޓަލް އެރައިވަލް ކާޑު ފުރިހަމަކުރުމަށް ހަނދާން ބަހައްޓަވާށެވެ." އަދި މި ކާޑު ފުރުމަށްޓަކައި އެއާލައިނުން އާންމުކޮށްފައިވާ ކިއު.އާރް ކޯޑު ސްކޭންކޮށްގެން ރަޖިސްޓްރޭޝަން ފުރިހަމަކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ރަޖިސްޓްރޭޝަން ފުރިހަމަކުރުމަށްފަހު ލިބޭ ކޮންފާމޭޝަން ސޭވްކޮށް، ތައިލެންޑަށް އެތެރެވާއިރު ދައްކަންޖެހޭނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ. މި އިންތިޒާމަކީ ދަތުރުވެރިންނަށް އިތުބާރާއެކު އަދި ތައްޔާރުވެގެން ދަތުރުކުރުމަށް މަގުފަހިކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ.

މިއަދު އޮންލައިން