2027 އިން 2029 ވަނަ އަހަރަށްވަނަ ލަފާކުރާ މެދުރާސްތާގެ ބަޖެޓު ތައްޔާރު ކުރުމުގެ މަަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
2027 އިން 2029 ވަނަ އަހަރަށްވަނަ ލަފާކުރާ މެދުރާސްތާގެ ބަޖެޓު ތައްޔާރު ކުރުމުގެ މަަސައްކަތް ފަށައިފި

އަންނަ އަހަރުން ފެށިގެން 2029 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓު ތައްޔާރު ކުރުމުގެ މަަސައްކަތް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން މާލީ ވުޒާރާއިން މިހާރު ވަނީ ދައުލަތުގެ އެންމެހާ އިދާރާތަކުން ބޭސްލައިން ބަޖެޓު ހުށަހެޅުމަށް ހުޅުވާލާފައެވެ.

ބޭސްލައިން ބަޖެޓަކީ އިދާރާތަކުން މިހާރު ކުރިއަށްގެންދާ ނުވަތަ ހިންގަމުންދާ ހަރަކާތްތަކާއި މަޝްރޫޢުތައް މިހާރު ކުރިއަށްގެންދާ ފެންވަރު ނުވަތަ ސްކޯޕުގައި ކުރިއަށްގެންދިއުމަށްޓަކައި ހިނގާނެ ކަމަށް ލަފާކުރެވޭ ޚަރަދުތަކުގެ މައްޗަށް އެކުލަވާލެވޭ ބަޖެޓެކެވެ. މީގެ ތެރޭގައި އަލަށް ފެށުމަށް ރާވާފައިވާ ހަރަކާތްތަކާއި، މަޝްރޫޢުތަކާއި، އިތުރަށް ހޯދަން ބޭނުންވާ ޚިދުމަތާއި ތަކެއްޗާއި، އަދި އަަލަށް ނަގަން ގަސްތުކުރާ މުވައްޒަފުންނަށް ބޭނުންވާ ބަޖެޓު ނުހިމެނޭނެ ކަމަށް މާލީ ވުޒާރާއިން ބުނެއެވެ.

މާލީ ވުޒާރާއިން އިރުޝާދު ދީފައިވަނީ ދައުލަތުގެ އޮފީސްތަކުން ބޭސްލައިން ބަޖެޓު ތައްޔާރުކުރަންވާނީ އެ ވުޒާރާއިން ކަނޑައަޅާފައިވާ ބަޖެޓު ސީލިންއަށްވުރެ ބޮޑު ނުވާނެހެން ކަމަށެވެ. އަދި ޝާޢިއުކޮށްފަައިވާ ސަރކިއުލާގައިވާ ބަޖެޓުގެ އަމާޒުތައް ހާސިލުކުރެވޭނެފަދަ ގޮތަކަށް ހަރަކާތްތަކާއި މަޝްރޫޢުތައް ރޭވުމަށް ވަނީ އަންގާފައެވެ. 2027 އިން 2029 ވަނަ އަހަރަށް ލަފާކުރެވޭ ބަޖެޓު ހުށަހަޅަންޖެހެނީ އެސްއޭޕީބީޕީސީ މޮޑިއުލް މެދުވެރިކޮށެވެ.

މި ބަޖެޓުގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން މެދުރާސްތާގައި ކަށަވަރުކުރުމާއި، ދައުލަތުގެ ޚަރަދުތައް އެފިޝަންޓްކޮށް، ކުރާ ޚަރަދާއި ބައްދަލު ނަތީޖާއެއް ކަށަވަރުކުރުން ހިމެނެއެވެ. މީގެ އިތުރުން ދައުލަތުން ފޯރުކޮށްދޭ އަސާސީ އަދި އިޖުތިމާއީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަކީވެސް މުހިންމު އަމާޒެކެވެ.

ހަމައެއާއެކު، ދައުލަތުން އިޖުތިމާއީ ރައްކާތެރިކަން ކުރިއަރުވަން ފޯރުކޮށްދޭ އެހީ ދިނުމުގައި މުޖުތަމައުގައި ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަންދިނުމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މި ބަޖެޓުގެ ތެރެއިން މަސައްކަތް ކުރެވޭނެ ކަމަށް މާލީ ވުޒާރާއިން ހާމަކުރެއެވެ.

މިއަދު އޮންލައިން