މިދިޔަ މަހު މީރާއިން ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީ 118.6 މިލިޔަން ޑޮލަރަށް އަރައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
މިދިޔަ މަހު މީރާއިން ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީ 118.6 މިލިޔަން ޑޮލަރަށް އަރައިފި

މިދިޔަ ޖޫން މަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެ އަދަދު 118.6 މިލިޔަން ޑޮލަރަށް އަރާފައިވާ ކަމަށް އެ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރުވުމެކެވެ.

މީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހު ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެ ޖުމްލަ އަދަދަކީ 118,599,425 އެމެރިކާ ޑޮލަރެވެ. މިދިޔަ އަހަރުގެ ޖޫން މަހު މީރާއިން ޑޮލަރުން ބަލައިގަނެފައިވަނީ 117,677,311 ޑޮލަރެވެ. އެހެންކަމުން މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު %0.85 އިތުރު އަދަދެކެވެ.

ޖޫން މަހު ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓީ-ޖީއެސްޓީއާއި، ފަތުރުވެރިކަމުގެ ބިމު ކުއްޔާއި، އިންކަމް ޓެކްސްގެ އިތުރުން ގްރީން ޓެކްސް އަދި އެއާޕޯޓު ފީތަކެވެ. މީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީ-ޖީއެސްޓީގެ ގޮތުގައެވެ.

މިއަހަރުގެ މިހާތަނަށް މީރާއިން ޑޮލަރުން ބަލައިގަނެފައިވާ ޖުމްލަ އާމްދަނީއަށް ބަލާއިރު، މި އަދަދު ވަނީ 867,947,926 ޑޮލަރަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 749,348,502 ޑޮލަރާ އަޅާބަލާއިރު %9.67 ގެ ކުރިއެރުމެކެވެ.

މިއަދު އޮންލައިން