އަތުގަ ފައިސާ ނެތްނަމަ މަސައްކަތުގެ ގޮތުން ނަމަވެސް ޢާއިލާގެ މީހުންނަށް އެހީތެރިވުމަކީ ހިތާމަތަކާ އަތްމަތިދަތިކަން ފިލައިގެންދާ ސަބަބެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އަތުގަ ފައިސާ ނެތްނަމަ މަސައްކަތުގެ ގޮތުން ނަމަވެސް ޢާއިލާގެ މީހުންނަށް އެހީތެރިވުމަކީ ހިތާމަތަކާ އަތްމަތިދަތިކަން ފިލައިގެންދާ ސަބަބެއް! އިން ޝާ ﷲ

ކިތަންމެ ބުރަކޮށް ގޭތެރޭގައި މަސައްކަތްކުރަމުންވެސް ޢާއިލާގެ އެހެންމީހުންނަށާއި އެންމެ އަވަށްޓެރިއަކަށް ނަމަވެސް ވެވުނު ވަރަކުން އެހީތެރިވާށެވެ. ގިނަ ބައެއްގެ ތަޖުރިބާއިން ވެސް އެނގެނީ މިފަދައިން އަމަލުކުރާ މީހުންނަށް ކުރިމަތިވާ މައްސަލަތައް އަވަހަށް ޙައްލުވެ އަދި މިދައިން އަމަލުކުރާ މީހުންގެ އަތްމަތިވެސް ތަނަވަސަވްމުން އަންނަ ކަމެވެ.

ހިތާމައަކީ މިފަދަ ކަންކަން ބަލައިގަނެވޭ މީހުން މަދުކަމެވެ. ކިރިޔާ ކަމެއް މެދުވާއިރަށް ކޮޓަރިއަށް ވަދެ ތަޅުލައިގެން އޮވެވޭކަމެވެ. އެގޮތަށް އޮވެވޭނަމަ ޔަޤީންކުރާށެވެ! އެމީހަކީ ޝައިޠާނާއަށް އަޅުވެތިވެވިފައިވާ މީހެކެވެ. ޝައިޠާނާގެ ދަލުގައި ޖެހި ޝިކާރައަކަށްވެފައިވާ މީހެކެވެ. އެގޮތަށް ކޮޓަރީގައި އޮންނަހައި ދުވަހަކު މައްސަލަތައް ދާނީ އިތުރުވެ ބޮޑުވަމުންނެވެ. އެންމެ ފަސޭހަ ހައްލު ހަމަ މިބުނެދިނީއެވެ. ނިކަން ތަޖުރިބާކޮށްލަބަލާށެވެ!

ކިރިޔާވެސް ހިތްހަމަނުޖެހޭފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ގިނަ މީހުން އެންމެ ފުރަތަމަވެސް އަވަސްވެގަންނަނީ މީހުންނާއި ބައްދަލުކުރުންވެސް ހުއްޓައިލުމެވެ. ތަނަވަސްކަމުގެ އަހުލުވެރިންވެސް އެގޮތަށް ކަންތައް ކުރެއެވެ. އެކަމުގެ ނަތީޖާއަކަށްވަނީ ކުރިން މީހުންނަށް ވަމުން އައި އެހީތެރިކަންވެސް ފޯރުކޮށް ނުދެވުމެވެ.

މީސްތަކުންނޭވެ! މުޞީބާތުގެ ވަގުތުތަކުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބި މުޞީބާތުން ސަލާމަތްވެވޭ އެއްކަމަކީ އެހެން މީހުންނަށް އެހީތެރިވުމެވެ. ފައިސާގެ ގޮތުން އެހީތެރިވެވެން ނެތްނަމަ މަސައްކަތެއް ކޮށްދީގެންވެސް އެހީތެރިވެދޭށެވެ. އެހެން މީހެއްގެ ދަރިއެއް އުރައިލަދީގެން ނަމަވެސް މީހަކަށް އެހީތެރިވެދޭށެވެ! އަންހެނަކު ނަމަ މީހެއްގެ ތަކެތި ދޮވެލަދީގެން ނަމަވެސް ފިރިހެނަކު ނަމަ މީހަކަށް ބާޒާރުކޮށްލައިދީގެން ނަމަވެސް މީހަކަށްއެހީތެރިވެދޭށެވެ.

މިބުނާ ބަހުގެ މާނައަކީ އަނބިދަރިން، ފިރިން، މައިންބަފައިންގެ އިތުރުން، ދީނީ ގޮތުން އެމީހަކަށް ބަލައި އެހީތެރިވާން ޖެހޭ މީހުންނަށް އެހީތެރިވުން އިތުރުކުރުމާއިއެކު އެހީތެރިވާން ނުޖެހޭ މީހަކަށް ނުވަތަ ބައަކަށް އެހީތެރިވުމުގެ ވާހަކައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން