- ސިއުޒާ
ޡަވާބާއި ދަރުމަ ބޮޑު 3 ކަމެއް!:
އެ ތިންކަމެއްގެ ޘަވާބާއި ދަރުމަ ބޮޑުކަމުން ތިބާގެ މީޒާނުގައި ޤިޔާމަތް ދުވަހު ފެންނަން ނޯއްނާނެ 3 އެއްޗެއް! ކޮން 3 އެއްޗެއް؟
އެންމެ ފުރަތަމަ ކަމަކީ ޢަފޫ ކުރުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވަނީ (فَمَنْ عَفَا وَأَصْلَحَ فَأَجْرُهُۥ عَلَى ٱللَّهِ) " ސުލްޙަވެރިވެ މަޢާފްކޮށްފި މީހާއަށް އޭނަގެ ޢަޖުރު ވަނީ ހަމައެކަނި ﷲ އަށެވެ."
އަނެއްކަމަކީ އެއީ ކެއްތެރިވުމެވެ. (إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ) " ކެއްތެރިވާ އަޅުންނަށް ﷲ ސުބުޙާނަހޫ ވަތަޢާލަ ޖަޒާ ދެއްވަވަނީ އެއްވެސް ޙިސާބެއް ނެތް ގޮތުގައެވެ."
ތިންވަނަ ކަމަކީ އެއީ ރޯދަ ހިފުމެވެ.
މި ތިން ކަމުގެ އަހުލުވެރިންނަށް ޤިޔާމަތް ދުވަހުގަ ގޮވާލެވޭނީ، ކޮބާހޭ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އެބައެއްގެ އަޖުރު ވާ މީހުން؟
އަޅުގަނޑުމެންނަކީ، ތިބާއަކީ މާދަމާ ޤިޔާމަތްދުވަހުގަ މިފަދައިން ގޮވާލެވޭ މީހުންގެ ތެރެއިން ލައްވާށި!
- ޝައިޚް އަބްދުﷲ މިފްޒާލް