ބައިވެރިޔާ އެކަމެއްކޮށްފިނަމަ ތިބާ ނުރުހޭނެ އެއްވެސް ކަމެއް، އެއީ ކުޑަކަމެއްކަމަށް ބަލައިގެން ކުރާނަމަ ކައިވެނި ރޫޅުން އޮންނާނީ ދާދިގާތުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ބައިވެރިޔާ އެކަމެއްކޮށްފިނަމަ ތިބާ ނުރުހޭނެ އެއްވެސް ކަމެއް، އެއީ ކުޑަކަމެއްކަމަށް ބަލައިގެން ކުރާނަމަ ކައިވެނި ރޫޅުން އޮންނާނީ ދާދިގާތުގަ!

ލޮބުވެތި އެކުވެރިންނޭވެ! ކުރަން މިއުޅެނީ ވަރަށް ކުޑަކަމެއް ކަމަށް ވިސްނައިގެން ކަންކަން ނުކުރާށެވެ! ތިބާއަށް ކުޑަކަމަކަށްވާ ކަންތަކަކީ އަނެކާއަށް ބޮޑު ފަރުބަދައަކަށްވުރެ ބޮޑުކަމަކަށްވެފައިހުރީއަކީ މަދަކުން ނޫނެވެ.  

ނުބައި ކަންކަން ކުރަން ހިތްވަރުދީ އެއީ ކުޑަ ކަމެއް ކަމަށް ވިސްނައިދެނީ ޝައިޠޯނާއެވެ. ކުޑަކަމެއް ކުރުވިއްޖެނަމަ އެއަށްވުރެ ބޮޑުކަމެއް، ދެން އެއަށްވުރެ ބޮޑުކަމެއް ކުރުވަމުންގޮސް އެންމެ ބޮޑެތި ކަންތައް ކުރުވާނެއެވެ. އެކަން އެގޮތަށް ކުރެވޭނެކަމުގެ ޔަޤީންކަން ޝައިޠޯނާއަށް އޮންނާތީ ފުރަތަމަ ކުރުވާނީ ކުދިކުދި ކަންކަމެވެ.

"މިއީ މެސެޖެއް! މެސެޖަށް ޖަވާބު ދިނުމަކީ އެންމެން ކުރާ ކަމެއް! އެއީ އެއްވެސް ކަމެއް ނޫން!" ފަދަ ވިސްނުންތައް އަންނާނެއެވެ. ޔަޤީންކުރާށެވެ! އެފަދަ ކޮންމެ ވިސްނުމަކީ ޝައިޠޯނާގެ ފަރާތުން އަންނަ ވަސްވާސެކެވެ. ތިބާގެ ދިރިއުޅުމަށްދޭ ވަރުގަދަ ހަމަލާއެކެވެ.  

ތިބާގެ ބައިވެރިޔާއަށް ހިލޭ ފިރިހެނަކު ނުވަތަ އަންހެނަކު ކުރާ މެސެޖުތަކަށް ޖަވާބުދޭކަން ތިބާއަށް އެނގިއްޖެނަމަ ކަންބޮޑުނުވާނަން ހެއްޔެވެ؟ އެގުޅުމުގެ ތެރެއިން ތިމާއަށް ބޮޑު ދެރައެއް ލިބިދާނެކަމަށް ނުވިސްނާނަންހެއްޔެވެ؟ އެހެންކަމަށްވާއިރު ހހަމަ އެގޮތް ތިބާގެ ބައިވެރިޔާއަށްވެސްވާނެ ކަމަށް ނުވިސްނަނީ ކީއްވެގެން ހެއްޔެވެ؟ ވީމާ އަހުރެން ބުނާނީ އެންމެ ކުޑަމިނުން ނުދަންނަ މީހަކު "ހައި" ޖަހައިލާ މެސެޖުތަކަށްވެސް ޖަވާބު ނުދޭށެވެ!  

ގިނަ ބައެއްގެ ޒަވާޖީޙަޔާތަށް ބޮޑެތި މައްސަލަތައް ކުރިމަތިވަނީ މާބޮޑެތި ކަންކަން ކުރިމަތިވެގެނެއް ނޫނެވެ. މިބުނިފަދަ ކުދިކުދި ކަންކަމަށް ސަމާލުކަން ނުދެވޭތީއެވެ. ކުދިކުދި ކަންކަމުން ކުރިފަޅައި ހެދިބޮޑުވާތީއެވެ!

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން