ދުނިޔެއިން ވަކިވެފައިވާ މީހަކު ހުވަފެނުގަ ފެނުނަސް ތަކުރާރުކޮށް ފެނުނަސް އެއީ ކަންބޮޑުވާނެޖެހޭ ކަމެއް ނޫނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ދުނިޔެއިން ވަކިވެފައިވާ މީހަކު ހުވަފެނުގަ ފެނުނަސް ތަކުރާރުކޮށް ފެނުނަސް އެއީ ކަންބޮޑުވާނެޖެހޭ ކަމެއް ނޫނެ!

ބައެއް މީހުންނަށ ވިސްނެނީ މަރުވެފައިވާ މީހަކު ހުވަފެނުން ފެނުމަކީ ތިމާ މަރުވުމުގެ ޤާތްވާ ކަމުގެ ޢަލާމާތެއް ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. ޙަޤީޤަތުގައި ނިޔާވެފައިވާ މީހަކު ކޮންމެ ރެއަކު ހުވަފެނުގައި ފެނުނަސް އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ.  

ނިޔާވެފައިވާ މީހެއް، އަބަދު ހުވަފެން ފެންނަ ނަމަ އެކަމުން ސަލާމަތްވުމަށް ޢަމަލު ކުރާނެ އެންމެ ރަނގަޅ ގޮތަކީ ކޮބައިތޯ؟  

ނިޔާވެފައިވާ މީހާ، އެ ދެން ވަރަށް ގިނަ މީހުންނަށް ފެންނަ އެއްޗެއް އެއީ. ހަމައެކަނި އެންމެ މީހަކަށް ފެންނަ ކަމެއް ނޫން އެއީކީއެއް. ހަމަ އާންމު ކަމެއް އެއީ، އަޅުގަނޑުމެން އެންމެންނަށްވެސް ހަމަ ފެނޭ ވަރަށް ގިނައިން ނިޔާވެފަ ތިބޭ މީހުން. އަދި ހަމަ ތަންކޮޅެއް ބޮޑަށް އެއްކޮށް އުޅެފަ ތިބޭ މީހުން ވެއްޖެއްޔާ ތަންކޮޅެއް ގިނައިން ފެނޭ. މިހާރު އެއްކޮށް އުޅެފަ ހުރި މީހެއްކަމުގަ ވެއްޖެއްޔާ ތަންކޮޅެއް ގިނައިން ފެންނާނެ. އެއީ މައްސަލައެއް ނޫން އެ ފެނުމެއް އެއީ. އެގޮތަށް ނިޔާވެފައިވާ މީހަކު ފެނުމަކީ. 

ހަމަ އެވެސް އިންސާނުން އެއީ ހަމަ. ދުނިޔޭގަ އަޅުގަނޑުމެން އުޅެމުންދިޔަ ފަދައިން ދުނިޔޭގަ އުޅެފަ ގޮއްސަ ތިބި މީހުން އެއީ. ހަމަ ކަރާމާތްތެރި އިންސާނުން އެއީ. އެހެންމަ އެމީހުން ހުވަފެނުން ފެނުމަކުން ނެތް މައްސަލައެއް. 

ދެން އެގޮތަށް ބިރުގަންނަ ކަމުގަ ވަންޏާ ރޭގަނޑު ނިދާއިރު ކިޔާ ޒިކުރުތަކަށް ރައްކާތެރިވެ ބަރާބަރަށް. ރޭގަނޑު ނިދުމުގެ ކުރިން ކިޔާ ޒިކުރުތައް، އަދި ބައެއް ސޫރަތްތައްވެސް އެބަހުރި ކިޔަން. އެ ކަންތައްތަކަށް ރައްކާތެރިވޭ. އޭރުން އެ ބިރުވެރިކަން އިންޝާﷲ ފިލައިގެން ދާނެ.

 

- ޝައިޚް މުޙައްމަދު އިބްރާހީމް

މިއަދު އޮންލައިން