ދުންފަތާ ގުޅުންހުރި ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރުކަމަށް ކަނޑައަޅަން މާދަމާ މަޖިލީހަށް ހުށަހަޅަން ރައީސް ޑރ. މުޢިއްޒު ނިންމަވައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ދުންފަތާ ގުޅުންހުރި ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރުކަމަށް ކަނޑައަޅަން މާދަމާ މަޖިލީހަށް ހުށަހަޅަން ރައީސް ޑރ. މުޢިއްޒު ނިންމަވައިފި!

ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރު 18 އަހަރުން 21 އަހަރަށް އުފުލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިކަމާ ގުޅޭ އިސްލާހު މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ވަނީ ނިންމަވާފައެވެ.

މިކަން ހާމަކުރައްވަމުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މި ނިންމެވުމަކީ ޒުވާނުން ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުކުރުމަށްޓަކައި އަޅުއްވާ ފިޔަވަޅެއް ކަމަށެވެ. މީގެ އިތުރުން، ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމަށްވެސް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކުގެ ތެރޭގައި، ޤާނޫނާ ޚިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުންވެސް ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މި އިސްލާހުތައް ފާސްވެއްޖެނަމަ، ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުމާއި ވިޔަފާރީގެ މުޢާމަލާތްތަކުގައި ބައިވެރިވެވޭނެ އެންމެ ހަގު އުމުރު 21 އަހަރަށް ބަދަލުވެގެންދާނެއެވެ. މިއީ ޒުވާނުންގެ ޞިއްޙަތު ރައްކާތެރިކުރުމަށާއި، ދުންފަތުގެ ބޭނުންކުރުން މަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ދެކެއެވެ.                     

މިއަދު އޮންލައިން