ރާއްޖޭގައި ވޭޕް މަނާކުރުމުގެ ނިންމުމަށް ޑަބްލިޔުއެޗްއޯއިން މަރުޙަބާ ކިޔައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ރާއްޖޭގައި ވޭޕް މަނާކުރުމުގެ ނިންމުމަށް ޑަބްލިޔުއެޗްއޯއިން މަރުޙަބާ ކިޔައިފި

ރާއްޖޭގައި ވޭޕް އެތެރެކުރުން މަނާކުރުމަށް ރައީސް މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން މަރުޙަބާ ކިޔައިފިއެވެ.

މިއީ ޒުވާނުންގެ މެދުގައި ވޭޕް ބޭނުންކުރުން އިތުރުވަމުންދާތީ، އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފައިވެއެވެ.

ޑަބްލިޔުއެޗްއޯއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، 2019 ވަނަ އަހަރު ހެދުނު ސަރވޭއަކުން ދައްކާ ގޮތުގައި، 13 އަހަރާއި 15 އަހަރާ ދެމެދުގެ 23.1 އިންސައްތަ ފިރިހެން ކުދިންނާއި 10.7 އިންސައްތަ އަންހެން ކުދިން އީ-ސިނގިރޭޓު ބޭު ބޭނުންކުރެއެވެ. މިއީ ކަަންބޮޑުވާންޖެހޭ މިންވަރެއްކަމަށް އެ ޖަމްޢިއްޔާއިން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ދެކުނު އޭޝިއާގެ ސަރަޙައްދުގައި އީ-ސިނގިރޭޓާއި ނިކޮޓިން އަދި ދުންފަތުގެ އައު ބާވަތްތައް ބޭނުންކުރުން އިތުރުވަމުންދާކަން ޑަބްލިޔުއެޗްއޯއިން ފާހަގަކޮށްފައިވެއެވެ. މި ކަންބޮޑުވުމުގެ މައްޗަށް ބިނާކޮށް، ރާއްޖޭގައި ވޭޕް މަނާކުރުމަށް ނިންމި ނިންމުމަކީ ޞިއްޙަތަށް ރައްކާތެރި މުޖުތަމަޢުއެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފައިވެއެވެ.

މިއަދު އޮންލައިން