"ކޮންމެ ފަހަރަކު މި ވާގޮތަކީ ރިޔާސީކޮމިޝަނެއް ހަދަނީ. ހަދާފަ ބަޔަކަށް މުސާރަދެނީ. ތަނެއް ހިފާފަ އެތަނަށް ކުލި ދައްކާ، އަނެއްކާވެސް އެތައްސަތޭކަ މިލިއަން ރުފިޔާއެއް ޚަރަދުވަނީ، އެކައްޗެއްވެސް ރިކަވަރ އެއް ނުވޭ. ދަޢުލަތުގެ ޚަޒާނާއަކަށް އަނބުރައެއް ނުވެއް ގެނެސްދެވޭ އެ ފައިސާއެއް، ގެއްލުނު ފައިސާއެއް، ވައްކަންކުރި ފައިސާއެއް. އެކަން އިރާދުކުރެއްވިއްޔާ ނިމުމަކަށް ގެނެސްދޭނަން."
ރައީސް މިފަދައިން ޔަޤީންކަން ދެއްވަމުން ގެންދަވާތީ، ނަތީޖާ ނެރުއްވަފާނެކަމުގެ ބިރަށް މިހާރުވެސް ބައަކަށް އުޅެނީ ލޮލުފިޔަނުޖކެހިގެންނެވެ. ރެއާއި ދުވާލުކުރާ މަސައްކަތަކީ ރައްޔިތުންގެ ބޮލަށް ނުބައި ޗިޕްތައް ޖެހުމުގެ މަސައްކަތެވެ. އަގުދީގެންވެސް މި މަސައްކަތްކުރިއަށް ގެންދާކަން ގިނަބައަކު އަންނަނީ ފާހަގަކުރަމުންނެވެ.
ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން:
އާދެ، ހަމައެއާއެކީގަ ރައްޔިތުންގެ ފައިސާއިން ގެއްލިފައިވާ ފައިސާވެސް ހޯދަން އެބަ ޖެހޭ. ކޮރަޕްޝަންގެ އެކިކަހަލަ ނުބައި ޢަމަލުތައް ހިންގައިގެން ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ ވައްކަންތައް ބަލާ، ޙަޤީޤީ އިޚްލާސްތެރި ގޮތެއްގައި އެކަންކަން ބަލާ ، އެ ވައްކަންކުރި ފަރާތްތަކަށް ދޭންޖެހޭ އަދަބުދީ، އެ އެސެޓްތައް ރިކަވަރ ކުރެވެންޖެހޭ. މީ އަބަދާއަބަދު ދައްކާ ވާހަކައަކަށް ނޫނިއްޔާ ދަޅައެއްގޮތުގަ ވާކަމަކަށްނުވެ، ކޮންމެ ފަހަރަކު މި ވާގޮތަކީ ރިޔާސީކޮމިޝަނެއް ހަދަނީ. ހަދާފަ ބަޔަކަށް މުސާރަދެނީ. ތަނެއް ހިފާފަ އެތަނަށް ކުލި ދައްކާ، އަނެއްކާވެސް އެތައްސަތޭކަ މިލިއަން ރުފިޔާއެއް ޚަރަދުވަނީ، އެކައްޗެއްވެސް ރިކަވަރ އެއް ނުވޭ. ދަޢުލަތުގެ ޚަޒާނާއަކަށް އަނބުރައެއް ނުވެއް ގެނެސްދެވޭ އެ ފައިސާއެއް، ގެއްލުނު ފައިސާއެއް، ވައްކަންކުރި ފައިސާއެއް. އެކަން އިރާދުކުރެއްވިއްޔާ ނިމުމަކަށް ގެނެސްދޭނަން. މިގޮތުން އެސެޓް ރިކަވަރީއަށް ޚާއްސަ ޤާނޫނެއް އިރާދުކުރެއްވިއްޔާ، ބިލެއް ތައްޔާރު ކުރުމުގެ މަސެއްކަތް ފެށިފަ މިވަނީ. އެސެޓް ރިކަވަރީގެ ޤާނޫނެއް އިރާދުކުރެއްވިއްޔާމު ފާސްކުރަން މަޖްލީހަށް ހުށައަޅާނަން.
މިހާރު ހުރި ޤާނޫނުތަކުން އެކަން ނުކުރެވޭ ބޭނުންވާގޮތަކަށް އެފިޝިއަންޓުކޮށެއް. އެހެންވީމަ ދަޢުލަތުގެ މުދާ ނަހަމަ ގޮތުގައި ވިއްކާ، ކުޑަ އަގުގަ ވިއްކައިގެން ފައިދާ ހޯދާ، މިފަދަ ކަންތައްތައް ކޮށްފަ ހުރި ފަރާތްތަކުގެ ކިބައިން އެ މުދާތައް ރިކަވާރ ކޮށް އެ ފައިސާ ރިކަވާރ ކޮށް ރައްޔިތުންނަށް އެ ފައިސާއިން ފައިދާ ވާގޮތަށް ފައިސާ ހޯދުން މީގެތެރެއިން. އަދި ރާއްޖޭން ބޭރުގަ ރައްކާކޮށްފަ ހުރި ރައްޔިތުންގެ ފައިސާވެސް ހޯދުމުގަ މިހާރަށްވުރެ ކާމިޔާބު ހޯދޭނެފަދަ ގޮތަކަށް އިންޓަރނޭޝަނަލް މިންގަނޑުތަކަށްފެތޭ، އެހެންޤައުމުތަކުގަ މިކަން ކުރާ އިންޓަނޭޝަނަލް ބޮޑީތަކުގެވެސް ރިކޮމެންޑޭޝަން ބަލާ އެއާ އެއްގޮތަށް މި ބިލް ތައްޔާރު ކުރެވޭނެ. އޭރުން އިރާދުކުރެއްވިއްޔާ ހަމައެކަނި ރާއްޖޭގަ ވައްކަންކޮށްގެން ރައްކާކޮށްފަ ހުރި ފައިސާއެއްނޫން. ރާއްޖޭން ބޭރަށް ގެންގޮއްސަ އެއްޗެއް ހުރިއްޔާ އެވެސް ހޯދުމުގަ މިހާރަށްވުރެ ފަސޭހަވެގެންދާނެ.
އަޅުގަނޑު ކަންބޮޑެއް ނުވޭ މިކަން ކުރުމުގައެއް. އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށްޓަކާ ރައްޔިތުންގެ ފައިސާ އަނބުރާ ހޯދަން. އެމް.އެމް.ޕީ.އާރު.ސީ ގެ މައްސަލަ މީގެތެރެއިން ބަލާއިރު އެންމެ ބޮޑު މައްސަލައަކީ. އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ އެއީ ކޮންމެ މީހެއްކަމުގައި ވިޔަސް އެމީހަކަށް ދޭންޖެހޭ ޙައްޤު އަދަބު މި ސަރުކާރުންދީ، އެފައިސާ ރައްޔިތުންނަށްޓަކާ ހޯދުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން. އެކަމުގަ ބައިވެރިވި މީހެއް ކަމުގައި ސާބިތުކުރެވެން ޖެހޭނީ އިންސާފުވެރިކަމާއެކީގަ. އެ ވައްކަމުގައި ބައިވެރިވި ކޮންމެ މީހެއްކަމުގައި ވިޔަސް އިންސާފުވެރިކަމާ އެކީގަ ބަލާ އެކަމުގަ، އެ ނިޔަތުގަ އެކަމުގަ ބައިވެރިވި މީހެއް ކަމުގަވާނަމަ އެމީހަކަށް ފިޔަވަޅު އެޅެންޖެހޭނެ. އެއީ ރައްޔިތުންގެ މުދާ އެއީ، ރައްޔިތުންގެ ފައިސާ އެއީ. އެ ފައިސާ ހޯދާ މި ދެންނެވި އެސެޓް ރިކަވަރީ ޤާނޫނު ތަޢާރަފްކޮށް އަދި ދެންވެސް އެކިއެކި ވައްކަންތަކުގަ
ރައްޔިތުން އަތުން ގެންގޮސްފައިވާ އެކިކަހަލަ މުދާތައް އަނބުރާ ހޯދާ، ބިންތަކާއި ދެން ކިޔާނެކަމެއް ނެތް. މިފަދަ ކޮންމެ އެއްޗެއް ހުއްޓަސް އަނބުރާ ހޯދުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް.
ކޮރަޕްޝަން އަކީ އަބަދު ސަރުކާރުތެރޭގައި ހިނގަ ހިނގާ އޮންނަ ކަމެއްގެ ގޮތުގައި ފުރުސަތު ދީގެން ތިބޭ ތިބުމަށް ބަދަލު ގެންނާނަން. އިރާދުކުރެއްވިއްޔާމު، އަޅުގަނޑު އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުންނަށްޓަކާ ތެދުވެރިކަމާ އަމާނާތްތެރިކަމާ އެކީގަ ރައްޔިތުންއެދޭފަދަ ގޮތަކަށް ވެރިކަން ކުރާނީ. އިރާދުކުރެއްވިއްޔާ މިކަން ޙާސިލް ކޮށްދޭނަން.
އާދެ، އެހެންވީމަ މިފަދަ ބޮޑެތި ބަދަލުތަކެއް ރައްޔިތުންގެ ވިންދާ އިޙްސާސަ އެއްގޮތަށް ދައުލަތަށް ގެނެސް ރައްޔިތުންގެ މުދާތައް ފޭރިގަނެ ވަގަށް ނަގާފައިވާ ފަރާތްތަކުގެ ކިބައިން އެތަކެތި ހޯދާ، އަދި ޢާމްދަނީ އިތުރު ކުރުމަށްޓަކާ މުހިއްމު ބަދަލުތައް އެކިއެކި ސިނާއަތްތަކަށް ގެނެސް ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނެސް އާމްދަނީ އިތުރުކޮށް ޙަރަދު ކުޑަކޮށް އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ ދާނީ ރޭވިފައޮތް ގޮތަށް، ޕްލޭން ކުރެވިފަ އޮތްގޮތަށް، ނިންމާފަ އޮތްގޮތަށް ކުރިއަށް ރައްޔިތުންނާ އެކީގަ.
- ޕީއެންސީ ޖަގަހައިގަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން