މިނިވަން މުއައްސަސާތަކުގަ މެންބަރުން މަދުކޮށް، އެންމެ ފައިދާހުރި ގޮތަކަށް ހިންގުން ބައްޓަންކުރަން އެބަޖެހޭ!: ރައީސް ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
މިނިވަން މުއައްސަސާތަކުގަ މެންބަރުން މަދުކޮށް، އެންމެ ފައިދާހުރި ގޮތަކަށް ހިންގުން ބައްޓަންކުރަން އެބަޖެހޭ!: ރައީސް ޑރ. މުޢިއްޒު

އަދި ހަމަ އެއާއެކީގަ ވަރަށްގިނަ މުއައްސަސާތައް އުފައްދާފަ އެބަހުރި ޤާނޫނު ތަކުން އަދި ޤާނޫނު އަސާސީއިންވެސް. މިނިވަން ކޮމިޝަންތައް، ސެޓިއުޓެރީ އެކިކަހަލަ ބޮޑީތައް. މިތަންތަންވެސް އާދަޔާޚިލާފު ބޮޑެތި އަދަދުތަކުން ކޮމިޝަންތަކަށް މެންބަރުން ހަމަޖައްސާފަ މިހުންނަނީ ޤާނޫނުތައް ހުންނަ ގޮތުން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގަ 5 މީހުން، 7 މީހުން، 10 މީހުން، މިހާ ގިނައަދަދަކަށް މި ކޮމިޝަންތަކުގަ މެންބަރުން ތިބޭކަށް ނުޖެހޭ. އިޚްލާސްތެރިކަމާއެކީގަ ތެދުވެރިކަމާއެކީގަ ރައްޔިތުންނަށްޓަކާ ކަމެއް ކޮށްދޭކަށެއް ބޮޑު ޓީމެއް އޮންނާކަށް ނުޖެހޭ.

އެހެންވީމަ މިއިން ކޮންމެ ކޮމިޝަނެއް، މިއިން ކޮންމެ ބޮޑީއެއްގައި މެންބަރުންގެ ގޮތުގައި ޤާނޫނުތަކުން ކަނޑައަޅާފަތިބި ޢަދަދު މަދު ކުރާނަން އިރާދުކުރެއްވިއްޔާ. އެކަމަށްވެސް އިރާދުކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ ޤާނޫނަށް އިސްލާޙުގެންނަން މަޖްލީހަށް ފޮނުވާނަން. 

އަދި، ހަމަ އެއާއެކީގައި އެއް ޒާތެއްގެ މަސެއްކަތްކުރާ ކޮމިޝަންތައް އެއްކޮށްލާ އެ ކޮމިޝަންތަކުން ކުރާ މަސެއްކަތް ސްޓްރިމްލައިން ކުރެވި، ސީދާ ރައްޔިތުންނަށް ފައިދާވާގޮތަށް އޭގެ އެފިޝިއެންސީ އޭގެން ނުކުންނަ ނަތީޖާ ރައްޔިތުން އެދޭ ގޮތަށް ނެރުމުގެ ޤާބިލްކަން އިތުރު ކޮށްދީ މި ދެންނެވި ގޮތަށް އެއްޒާތެއްގެ މަސެއްކަތްކުރާ ބޮޑީތައް އެއްކޮށްލުމަކީވެސް މިކަމުގެ ތެރެއިން ކުރެވޭނެކަމެއް. ނަތީޖާއަކަށް ވާނީ ގިނަ ކޮމިޝަންތަކެއް ނޫނިއްޔާ ބޮޑީތަކެއް ހުރުމުގެ ބަދަލުގައި ރައްޔިތުންނަށް އޭގެ ނަތީޖާ އެންމެ ރަނގަޅަށް ނެރެވޭފަދަ އެފިޝެންޓް ނިޒާމެއް ޤާއިމްވެގެން ދިއުން. އެހެންވީމަ އިރާދުކުރެއްވިއްޔާ މި ދެންނެވި ގޮތަށްވެސް އިސްލާޙްތައް ގެންނަން އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ. އެހެންވީމަ މި ދެންނެވި ހުރިހާ އިސްލާޙުތަކެއް އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން ގެންނާނަން. ގެނައީމަ، ޚަރަދުގެ ގޮތުން ބަޖެޓުން ވަރަށް ބޮޑުތަނެއް ސަލާމަތް ކުރެވި ކުރިން މި ދެންނެވިގޮތަށް އުފާ ފާގަތިކަން ރައްޔިތުންނަށް ލިބިގެންދާނީ. 

- ޕީއެންސީ ޖަގަހައިގަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން

މިއަދު އޮންލައިން