ރައްޔިތުންގެ މަޖިލީހާ ކައުންސިލްތަކުގެ ސައިޒުކުޑަކުރަންޖެހޭނެ! އަތޮޅު ކައުންސިލް އުފައްދާ ގޮތްވެސް ބަދަލުކުރަންޖެހޭ!: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 21ސ
ރައްޔިތުންގެ މަޖިލީހާ ކައުންސިލްތަކުގެ ސައިޒުކުޑަކުރަންޖެހޭނެ! އަތޮޅު ކައުންސިލް އުފައްދާ ގޮތްވެސް ބަދަލުކުރަންޖެހޭ!: ރައީސް

އަދި ހަމަ އެއާ އެކީގައި މި ކައުންސިލް ތަކުގެ ސައިޒު ކުޑަކުރަން ޖެހޭ. ކައުންސިލްތައް ނުކަތާހާ ބޮޑު، ވަރަށް ބޮޑު. ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމަކީ ރައްޔިތުންގެ ޓްރޫ ރިޕްރެޒެންޓޭޝަން ދޫކޮށްލުމެއް ނޫން.

އެއްގޮތަކަށްވެސް އެހެނެއް ނޫން. މިސާލަކަށް ދަންނަވަންޏާ މުޅި ޤައުމުގެ ކަންކަން ނިންމަން ދަޢުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި މި ހޮވާ މީހާ ހޮވަނީ އެންމެ މީހެއް. އެހެންވީމާ ރަށެއްގެ 300 މީހުން، 500 މީހުން، ހާހެއްހާ މީހުންގެ ރަށެއްގަ 5 މީހުން، 7 މީހުން ހޮވުމަކީ ވަރަށް ޙަރަދު ބޮޑު ކަމެއް. އަޅުގަނޑު ހިތުން ކައުންސިލްގެ ރައީސް ގޮތުގަ އަދި އެމަޤާމަށް ހޮވާމީހާއަށް ރައްޔިތުން ބޭނުންފުޅުވަންޏާ ކުރީ ޒަމާނުގަ ކިޔާހެން ކަތީބު ކިޔާކަމުގައިވިޔަސް، ރައްޔިތުންގެ ފަރާތުން ހުންނަ ވެރިއެއް ގޮތުގަ ކައުންސިލްގެ ރައީސްއަކާއި ނައިބު ރައީސްއަކާ ހޮވީމަ އާދައިގެ މި ދަންނަވަނީ އާބާދީގޮތުން ކުދި ރަށްތަކަށް ފުދޭނެ. އަދި އާބާދީގޮތުން އެއަށްވުރެ ތަންކޮޅެއް ބޮޑު ރަށްތަކަށް އެއަށްވުރެ އަދަދު ބޮޑު ކޮށްލިއަސް، އަދި ސިޓީތަކަށް އެއަށް ވުރެ ތަންކޮޅެއް ބޮޑުކޮށްލިކަމުގައި ވިޔަސް މިހާރަށްވުރެ އެތައް ގުނައަކުން ސައިޒް ކައުންސިލްތަކުގެ ކުޑަކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި، ރައްޔިތުންގެ ވިންދާ ގުޅޭގޮތް ކަމުގައި އަޅުގަނޑު ޤަބޫލުކުރަން. އެ އިސްލާޙް ގެންނަން އިރާދުކުރެއްވިއްޔާ އަޅުގަނޑު ރައްޔިތުން މަޖްލީހަށް ހުށައަޅާނަން ސަރުކާރުގެ ފަރާތުން. 

އެކަން އެގޮތަށް ކުރުމުން ކޮންމެ އަހަރެއްގެ ބަޖެޓްގެ ތެރެއިން މި ހޭދަވާ ހޭދަވުމަށްވެސް ރަނގަޅު އިސްލާޙެއް އައިސް އެ ފައިސާ ރައްޔިރުންގެ ޙަޤީޤީ ތަރައްޤީއަށް، ގެދޮރު ބިނާކުރުމާއި، ސިއްޙީ ފަރުވާ ދިނުމާއި، ތަޢުލީމީ ފަރުވާ ދިނުމާއި، މިސްކިތްތައް އެޅުމާއި، ދެން މިހެން ގޮސް ސޯޝަލް އެތައް މަސެއްކަތްތަކަކަށާއި އެކީގަ ހޭދަ ކުރަން އެބަ ސަލާމަތް ކުރެވޭ. 

އެހެންވީމަ ކައުންސިލްތަކުގެ ލާމަރުކަޒީ ނިޒާމް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގަ އަދި ޚަރަދުގެ ގޮތުން ބަލާއިރުގަ ރައްޔިތުންގެ އަތްފޯރާ ހިސާބަށް ކުޑަކުރުމަކީ އަޅުގަނޑު ދެކޭގޮތުގަ އެންމެ ޒިންމާދާރު ގޮތް ކަމުގައި ވާނެ. އިރާދުކުރެއްވިއްޔާ އެ އިސްލާޙް ގެންނަން ހުށައަޅާނަން. 

އަދި ހަމަ އެއާ އެކީގަ އަތޮޅު ކައުންސިލްތައް މިހާރު ހޮވާ ގޮތަކީ މާނައެއް އޮތް ގޮތެއް ނޫން. ކޮންމެ ކައުންސިލެއްގެ ރައީސް އަތޮޅު ކައުންސިލްގެ މެންބަރަކަށް ހިމެނޭ. ދެން މި ހުންނަނީ އަތޮޅު ކައުންސިލްގެ ރައީސްއެއް ހޮވިފަ. އަތޮޅު ކައުންސިލްގެ ބައްދަލުވުމެއް ގިނަފަހަރު އޮންލައިންކޮށް ނޫނިއްޔާ ނުބޭއްވެ. ކައުންސިލްގެ ރައީސް ފިޒިކަލީ ހާޒިރުވާންޖެހޭތީ. އަދި ކަންދިމާކުރާ ގޮތުން އެކަން ވާނީވެސް އެހެން، އެ 

ކައުންސިލްގެ ރައީސް އަތޮޅު ކައުންސިލްގެ ބައްދަލުވުމުގަ އެ ރަށުގެ އިންޓްރަސްޓްގަ، މަސްލަޙަތުގަ ވާހަކަފުޅު ދައްކަވަނީ. އެހެންވީމަ އަތޮޅު ކައުންސިލް މި އުފައްދާ ގޮތްވެސް ބަދަލުކޮށް އެއީވެސް ރައްޔިތުންނަށް އެންމެ ފައދާވާކަހަލަ ގޮތަކަށް ބައްޓަންކުރެވޭ ސައިޒު ކުޑަ އޭގެ ނަތީޖާ ރަނގަޅަށް ނެރެދެވޭ ވަރުގެ ކައުންސިލް ތަކަކަށް ބަދަލުކުރުމަށް ޤާނޫނަށް އިރާދުކުރެއްވިއްޔާ އިސްލާޙް ހުށައަޅާނަން. 

އާދެ، އަދި ހަމަ އެއާއެކީގަ އަޅުގަނޑު ދެކޭގޮތުގަ ރައްޔިތުންގެ މަޖްލީޙުގެ ސައިޒްވެސް އެބަޖެހޭ ހަމައަކަށް އަޅުވަން. އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން އަޅުގަނޑުމެންގެ ޢިއްޒަތްތެރި މަޖްލީސް މެންބަރުން އިސްނަންގަވައިގެން ޤަރާރެއްވެސް މަޝްވަރާ ކުރައްވައިފި. އާދެ، މިހާރު މިދާގޮތަށް ދަންޏާ 100 އަށް އަރައިގެން އެއަށްވުރެ މައްޗަށްވެސް ދާނެ އާބާދީ ބޮޑުވަމުންދާވަރަކަށް. އެއީއެއް މާނައެއް ހުރި ކަމެއް ނޫން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެންމެ އަދި ކުޑަކުރަން ވިސްނާ އިރުގަވެސް މާ ކުޑަކޮށްލީމަވެސް އެއީ ރަނގަޅު ގޮތަކަށް ނުވާނެ. އެންމެ ރަނގަޅުގޮތަކަށް ވާނީ 17 ވަނަ މަޖްލީސްގަ އަދަދު އޮތްއަދަދު، އެއީ 77 މެންބަރުން. 77 މެންބަރުންނަށް ރައްޔިތުންގެ މަޖްލީހުގެ އަދަދު ލިމިޓްކޮށް ހަމަޖެއްސުން. އެހެންވީމަ ކުރިއަށް އޮތް ތަނުގަ ހޮވާ ރައްޔޮތުންގެ ،މަޖްލީހަކީ 93 ނޫން، އެއަށްވުރެ ބޮޑުވެގެން ދާ އަދަދަކަށް ވުމުގެ ބަދަލުގައި 77 ކަށް ނޫނިއްޔާ އެހާ ހިސާބަށް ގާތްގަނޑަކަށް އެވަރަށް ހަމަޖެހޭވަރުގެ ޢަދަދަކަށް ކުޑަކޮށް އެއަށްވުރެ ބޮޑުނުވާގޮތަށް ޤާނޫނުތަކަށް އިސްލާޙް ގެންނަން ސަރުކާރުން އިރާދުކުރެއްވިއްޔާ ހުށައަޅާނަން. އޭގެ ސަބަބުން ވަރަށް ބޮޑު ތަނުން މަޖްލީހަށް ކުރަންޖެހޭ ޚަރަދުތައްވެސް ރިކަރެންޓް ބަޖެޓުން ވަރަށް ބޮޑުތަން އެބަ ކުޑަވެގެން އެބަދޭ. 

އާދެ، މިކަހަލަ އިސްލާޙްތަކެއް ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް ގެނައީމަ އެ ސަލާމަތް ކުރެވެނީ ރައްޔިތުންގެ ފައިސާއިން އެތައް ސަތޭކަ މިލިއަނެއް. އެ ފައިސާއން އަޅުގަނޑު ކުރިން ދެންނެވިފަދައިން ރައްޔިތުންނަށް ފައިދާހުރި އެތައް ކަމެއް ކުރެވޭނެ. އެތައް ކަމެއްގަ ރައްޔިތުންގެ ދިރިއުޅުން ތަރައްޤީކޮށްދެވޭނެ ސަރުކާރަށް. އެއީ ރައްޔިތުންނަށް ސަރުކާރަކުން ކޮށްދެވޭނެ ކަމަކީ. 

- ޕީއެންސީ ޖަގަހައިގަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން

 

މިއަދު އޮންލައިން