ރިޔާސީ އިންތިޚާބަށާ މަޖިލިސް އިންތިޚާބަށް 300 މިލިއަނަސްވުރެ ގިނަ ރުފިޔާ ޚަރަދުވި! މިއީ ކުޑަވަރެއްގެ 2 ރަށް ތަރައްޤީކުރެވޭހާ ގިނަ ފައިސާ! ޙައްލެއް ހޯދަން އެބަޖެހޭ!: ރައީސް ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 42ސ
ރިޔާސީ އިންތިޚާބަށާ މަޖިލިސް އިންތިޚާބަށް 300 މިލިއަނަސްވުރެ ގިނަ ރުފިޔާ ޚަރަދުވި! މިއީ ކުޑަވަރެއްގެ 2 ރަށް ތަރައްޤީކުރެވޭހާ ގިނަ ފައިސާ! ޙައްލެއް ހޯދަން އެބަޖެހޭ!: ރައީސް ޑރ. މުޢިއްޒު

"ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށްވާނީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބު އެކުއެކީގައި ބޭއްވުން. އޭރުން އަޅުގަނޑުމެންނަށް އެބަ ސަލާމަތް ކުރެވޭ ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ. އެ 120 މިލިއަން ރުފިޔާއިން ނކަމެތި އެތައް އާއިލާއެއްގެ ކަންކަން ދައުލަތަށް ސަރުކާރަށް ނިންމާދެވޭނެ. އެތައް ކަމެއް ނިންމާދެވޭނެ. ކުޑަ ރަށެއްގެ މީހުން ދާއިމަށް ބޮޑު ރަށަކަށް ބަދަލުކުރަން ބެއްޔަސް އެ ފައިސާއިން އެކަން ކުރެވޭނެ. އަދި އެއަށްވުރެ ކުދިކުދި ކަންކަމަށް ބަލާއިރުގަ އެތައް އާއިލާއަކަށް އެތައް ކަމެއް ކޮށްދެވޭ ވަރުގެ އަދަދެއް އެއީ." 

އަދި، ހަމައެއާ އެކީގައި ޤައުމުގެ އިޤްތިޞާދު ރަނގަޅު މަގުން ގެންދިއުމަށްޓަކާ މި ކުރެވޭ މަސެއްކަތް މި ކުރެވެނީ. އާދެ މިގޮތުން ކުރެވޭ މަސައްކަތަށް ބަލާއިރުގަ އަދި ކުރިއަށް އޮތް މުސްތަޤްބަލަށް އަޅުގަނޑުމެންގެ ޤައުމު އަޅުގަނޑުމެން އެދޭ ގޮތަށް ބައްޓަން ކުރަން ބަލާއިރުގަ އަޅުގަނޑުމެންގެ މެނިފެސްޓޯގަ ކަނޑައަޅާފަހުރި ކަންތައްތައް ކުރުން މުހިއްމު. 

ކުރިންވެސް ދެންނެވިފަދައިން އަޅުގަނޑުމެން ކަންކަން ކުރަން ރޭވި ގޮތަށް އަޅުގަނޑުމެން މެނިފެސްޓޯގަ ހިމަނާފައޮތް ގޮތަށް ހަމަ މި ކުރަމުން މިދަނީ. އެޑްހޮޕް ކޮށް މިއަދު ކުއްލިއަކަށް ކަމެއް ވިސްނިގެން ކުއްލިއަކަށް ތަންފީޒު ކުރާ އުސޫލެއް ނުގެންގުޅެން. އަޅުގަނޑުމެންގެ މެނިފެސްޓޯގަ އެވަނީ ކަނޑައަޅާފަ ދިވެހި ރާއްޖޭގެ ކުރިއަށް އޮތް މުސްތަޤްބަލަށްޓަކާ ރައްޔިތުން އެދޭ ކަންތައްތައް ކުރާނެ ގޮތް. މި ކުޑަކުޑަ މުޖުތަމަޢު، އެތައް ރަށަކަށް ބެހިފަ އޮތްނަމަވެސް މި ޤައުމަށް ހެޔޮވަރުވަރަށް އަޅުގަނޑުމެންގެ ކަންތައްތައް ބައްޓަން ކުރަންޖެހޭ. އަޅުގަނޑުމެން ޚަރަދު ކުޑަކުރާ ވާހަކަ ދައްކާއިރުގަ، ނޫނިއްޔާ މި ޤައުމަށް ކަތާވަރުގެ ގޮތަކަށް އަޅުގަނޑުމެންގެ ނިޒާމް ބައްޓަންކުރަން ވާހަކަ ދައްކަން އެބަޖެހޭ. 

އާދެ، އަޅުގަނޑު މިގޮތުން ދަންނަވާލަން ބޭނުންވާ ބައެއް ވާހަކަތައް އެބަހުރި. އަޅުގަނޑުމެންގެ ސިޔާސީ ނިޒާމް، ދުސްތޫރީ ނިޒާމް ރޭވިފަ އޮންނަގޮތުން ވަރަށް ގިނަ އިންތިޚާބްތައް އެބައޮވޭ. އިންތިޚާބުތައް މީ ބާއްވަން ޖެހޭ އެއްޗެއް. ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއި އެއްގޮތަށް ޤައުމުގެ ކަންކަން ބައްޓަން ކުރަންޖެހޭނީ. އެހެންނަމަވެސް ޤައުމުގެ ރައްޔިތުންނަށް އޭގެ އެންމެ ފައިދާވާގޮތަށް ޚަރަދު އެންމެ ދެކޮޅު ޖެހޭގޮތަށް ޒިންމާދާރު ގޮތަކަށް އެކަންކަން ކުރެވެން ޖެހޭނެ. 

އާދެ، ރައްޔިތުންގެ ޓްރޫ ރިޕްރެޒެންޓޭޝަން ދައުލަތް ހިންގުމުގަ ހުރިހާ ކަމެއްގަ އޮންނަންޖެހޭނެ. އެކަން ޙާސިލް ކުރެވޭ ގޮތަށް ޚަރަދު ކުރުމުގެ ކަންކަމުގަ އަޅުގަނޑުމެން ޒިންމާދާރު ވާންޖެހޭ.

ނިމިދިޔަ ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބު ނިމިގެން ދިޔަ އިރުގަ 120 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ، ރައްޔިތުންގެ ފައިސާ ވަނީ ޚަރަދު ވެފަ. 120 މިލިއަނަށްވުރެ ގިނައިން ޚަރަދިވެފަ އެބަހުރި. އަދި ކްލިއަރ ނުވާ ބައެއް ބިލްތައް ހުރީމަ މުޅި ސީދާ އަދަދު ޔަޤީން ނުވިއަސް މަދުވެގެން އެވަރު ޚަރަދުވިކަން ޔަޤީން އެބަވޭ. އޭގެ ކުރިން ރިޔާސީ އިންތިޚާބުގެ ދެބުރު ނިމުނު އިރުގަ އެ ރިޔާސީ އިންތިޚާބުށް 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވި. މި ދެ އިންތިޚާބަކީ ހައެއްކަ މަސްދުވަހުގެ ތަފާތެއް އެއް އިންތިޚާބު އަނެއް އިންތިޚާބު ބާއްވާ ތާރީޚާދޭތެރޭގަ އޮންނަ ދެ އިންތިޚާބު. 

ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށްވާނީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބު އެކުއެކީގައި ބޭއްވުން. އޭރުން އަޅުގަނޑުމެންނަށް އެބަ ސަލާމަތް ކުރެވޭ ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ. އެ 120 މިލިއަން ރުފިޔާއިން ނކަމެތި އެތައް އާއިލާއެއްގެ ކަންކަން ދައުލަތަށް ސަރުކާރަށް ނިންމާދެވޭނެ. އެތައް ކަމެއް ނިންމާދެވޭނެ. ކުޑަ ރަށެއްގެ މީހުން ދާއިމަށް ބޮޑު ރަށަކަށް ބަދަލުކުރަން ބެއްޔަސް އެ ފައިސާއިން އެކަން ކުރެވޭނެ. އަދި އެއަށްވުރެ ކުދިކުދި ކަންކަމަށް ބަލާއިރުގަ އެތައް އާއިލާއަކަށް އެތައް ކަމެއް ކޮށްދެވޭ ވަރުގެ އަދަދެއް އެއީ. މި ދެ އިންތިޚާބު އެކުއެކީގަ ބާއްވާނަމަ އެއީ ރައްޔިތުންނަށްވެސް ވަރަށް ފަސޭހަ ކަމަކަށް އެބަވޭ. 

ރައްޔިތުން ބޭނުންވާ ގޮތަށް ދަޢުލަތުގެ ކަންކަން ދަޢުލަތުގެ ބާރުތަކަށް މީހުން ހޮވާ އިރުގަ ވެރިކަން ކުރުމުގެ ބާރާއި، ރައްޔިތުންގެ މަޖްލީހުގެ މެންބަރުންގެ ގޮތުގަ ހޮވާ ބޭފުޅުން ހޮވުމުގަ، އެ ވިސްނުމުގަ އެކުރާ މަސެއްކަތް ކުރުމަށް ފަސޭހަ ވެގެން އެބަދޭ. އެހެންވީމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޚަރަދުގެ ގޮތުން ބަލާއިރުގަވެސް އެންމެ ރަނގަޅުގޮތަކީ މި ދެ އިންތިޚާބު އެކުއެކީގައި ބޭއްވުން. ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ވާނީ އެގޮތް. 

އެހެންވީމަ ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާޙް މިކަމުގައި އެބައޮތް. ޤާނޫނު އަސާސީއަށް އިސްލާޙް ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން. ރައްޔިތުން މިގޮތަށް ނިންމަވާ ދެއްވައިފިއްޔާ ޤާނޫނު އަސާސީއަށް އިސްލާޙް ގެނެސް ދެން 2028 ގަ މިދެ އިންތިޚާބު އެކުއެކީގަ ބޭއްވުމަކީ އަޅުގަނޑު ދެކޭގޮތުގަ އެންމެ ރަނގަޅު ގޮތް. 

ރައްޔިތުން އެގޮތަށް ނިންމަވާ ދެއްވާނެކަމަށް އަޅުގަނޑު ޔަޤީން. އެހެންމަ ކުރިއަށް އޮތް މިއަހަރުގެ ތެރޭގަ، ރައްޔިރުންގެ މަޖްލީހުގެ ދައުރުގެ ތެރޭގަ، ކުރިއަށް މިހާރު ހިނގާ ދައުރު ނޫނަސް ދެން އޮތް ދައުރުގެ ތެރޭގަ މިއަހަރު ތެރޭގަ އިރާދުކުރެއްވިއްޔާ ޤާނޫނު އަސާސީއަށް މި އިސްލާޙް ގެންނަން އަޅުގަނޑު ހުށައަޅާނަން. 

- ޕީއެންސީ ޖަގަހައިގަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން

 

މިއަދު އޮންލައިން