މިދިޔަ ދުވަސްތަކުގައި އެންމެ އިސްކަމެއް ދެއްވި އެއްކަމަކީ ޤައުމުގެ މިނިވަންކަން ޔަޤީންކުރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އާދެ، މި ޤައުމަކީ އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހި ޤައުމު. އަޅުގަނޑުމެންނަށް އެންމެ މުހިއްމީ އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން އަޅުގަނޑުމެން ދިވެހި ރައްޔިތުން އެދޭ ގޮތަށް ބޭނުންވާގޮތަށް ބައްޓަން ވެގެން ދިޔުން. އަޅުގަނޑު އެންމެ ބޮޑަށް ވަޢުދުވީ ކަންތައް، ޤައުމުގެ މިނިވަންކަން ޙިމާޔަތް ކުރުމުގެ ވަޢުދު. އެންމެ އިސްކަންދޭނީ އެކަމަށްކަން ދެންމެގަ ޑިފެންސް މިނިސްޓަރ ގެ ވާހަކަފުޅުގަ އެކަން އެ ބަޔާންކޮށްދެއްވީ! މިދިޔަ ދުވަސްތަކުގައި އެންމެ އިސްކަމެއް ދިން އެއްކަމަކީ، ނުވަތަ އެންމެ އިސްކަމެއް ޙަޤީގަތުގައި ދިން ކަމަކީ އެ މިނިވަންކަން ޔަޤީންކުރުން.
މި ޤައުމުގަ ތިބި ބޭރުގެ ހުރިހާ ސިފައިން، ވާހަކަ ދައްކައިގެން އެކަމުގަ އޮންނަ ރީތި އުސޫލުތައް ބޭނުންކޮށްގެން މަޝްވަރާގެ އުސޫލުން އެވަނީ ﷲ ގެ ހެޔޮ ރަޙްމަތްފުޅާ އެކީގަ ކާމިޔާބުކަމާއެކީގަ ޙާސިލް ކުރެވިފަ. މިތާގަ މިހާރު ދެންމެގަ ޑިފެންސް މިނިސްޓަރ އެ ފާހަގަ ކުރެއްވި ފަދައިން އެއްވެސް އިންޑިއާ ސިފައިންގެ މީހަކު ޤާއިމްވެއެއް ނުހުއްނާނޭ. އަދި އެއްވެސް ކަމަކު މިތާގަ ބޭރުގެ އެއްވެސް ސިފައިންގެ މީހަކު މިތަނުގަ، މި ޤައުމުގަ އޮޕަރޭޓް ކުރަމުން ނޫނއްޔާ މަސެއްކަތް ކުރަމަކުން ނުދާނެ. އެހެންވީމާ، އެކަމަކީ ވަރަށް މުހިއްމު ކަމެއް ދިވެހި ރައްޔިތުން އަޅުގަނޑާ ހަވާލުކުރެއްވި. އެންމެ އިސްކަމެއް މި ދިނީ އެކަން ޙާސިލްކުރުމަށް. އެކަމަށްޓަކާ އަޅުގަނޑުމެން އެންމެން އެންމެ ބޮޑަށް އެދުނު ކަންތައް އެއީ.
- ޕީއެންސީ ޖަގަހައިގަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން