ސިންގަޕޫރުގެ އައު ބޮޑުވަޒީރަށް ރައީސް ޑރ.މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 43ސ
ސިންގަޕޫރުގެ އައު ބޮޑުވަޒީރަށް ރައީސް ޑރ.މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ އައު ބޮޑުވަޒީރު ލޯރެންސް ވޮންގްއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސިންގަޕޫރުގެ އައު ބޮޑުވަޒީރުގެ ދައުރުގައި ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، އެކުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވެއެވެ. އެގޮތުން ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި އެމަނިކުފާނު ވަނީ ސިންގަޕޫރުގެ އައު ބޮޑުވަޒީރުގެ ޒަޢާމަތުގައި، ރާއްޖެއާއި ސިންގަޕޫރުގެ ރައްޔިތުންނާ ދެމެދު އޮތް އެކުވެރިކަން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

މިއަދު އޮންލައިން