ރައީސް ޑރ.މުޢިއްޒު ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ކިޔައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
ރައީސް ޑރ.މުޢިއްޒު ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ކިޔައިފި

ނުރަސްމީ ދަތުރުފުޅެއްގައި ފުވައްމުލައް ސިޓީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފުވައްމުލައް ސިޓީއަށް ވަޑައިގެންފައިމިވަނީ ރާއްޖޭގެ އެކި ރަށްރަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް އަށް މަރުޙަބާ ދެންނެވުމުގައި އެ ސިޓީގެ އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ. އެއަރޕޯޓް ސަރަޙައްދަށް އެއްވި އާންމުންނާއި ސަލާމްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގިނަ ވަގުތުތަކެއް ހޭދަކުރައްވާފައެވެ.

ފުވައްމުލައް ސިޓީއަށް ކުރައްވާ މިދަތުރުފުޅުގައި އެ ސިޓިގައި މިރޭ އޮންނަނަ ސިޔާސީ ހަރަކާތެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވައެވެ.

 

 

މިއަދު އޮންލައިން