މަޖިލީހުގެ އެއްބާރުލުން ލިބޭނަމަ ރައްޔިތުންނަށް ވެފައިވާ ހުރިހާ ވަޢުދުތަކެއް ރަނުން ރަނަށް ފުއްދާނަން!: ރައީސް ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 15ސ
މަޖިލީހުގެ އެއްބާރުލުން ލިބޭނަމަ ރައްޔިތުންނަށް ވެފައިވާ ހުރިހާ ވަޢުދުތަކެއް ރަނުން ރަނަށް ފުއްދާނަން!: ރައީސް ޑރ. މުޢިއްޒު

ރާއްޖޭގެ ދެން ހުރި ހުރިހާ ދާއިރާއެއްގެ ރައްޔިތުން ކިބައިންވެސް އެދެނީ، ބާކީ މިއޮތީ ދެތިން ދުވަސް. މިހާތަނަށް ތި ކުރެއްވި މަސައްކަތުގެ އިތުރު ހަރުފަތްތަކަކަށް އެންމެން އެކުވެރިކާއި އެކީގަ މަސެއްކަތް ގެންގޮސް ދެއްވާށޭ. ގެންގޮސް މި މަސެއްކަތް އަޅުގަނޑުމެންގެ މުސްތަޤްބަލަށްޓަކައި އަދި އަޅުގަނޑުމެންގެ މިހާރަށްޓަކައި ނިންމާ ނިންމުމަކަށް މިކަން ކޮށްދެއްވާ، ތަރައްޤީއަށް، ހަމަޖެހުމަށް، ރައްކާތެރިކަމަށް ދެއްވާ ވޯޓެއް ގޮތުގައި އަޅުގަނޑުމެންގެ ކެނޑިޑޭޓުން ހޮއްވަވާ ދެއްވާށޭ. އެކަން އެގޮތަށް ކޮށްދެއްވުމަކީ އަޅުގަނޑުމެން، އަޅުގަނޑުމެނަނަށްޓަކައި ކުރެވޭ ކަމަކަށް ވާނެ. އަޅުގަނޑުދޭ ޔަޤީން ކަމަކީ ހަމަ ކޮންމެ ރެއަކުވެސް ކޮންމެ ޖަލްސާއެއްގަވެސް ،މި ދޭ ޔަޤީންކަން.  

ރައްޔިތުންގެ މަޖްލީހުގެ އެއްބާރުލުން ލިބޭ ކަމުގައި ވާނަމަ އެކަން ވެގެން ދާނީ އަޅުގަނޑު ވީ ހުރިހާ ވަޢުދެއް، ހަމަ ހުރިހާ ވަޢުދެއް ފުރިހަމަ ކަމާއި އެކީގަ ކޮށް ނިންމަދޭނެ ކަމުގެ ވަޢުދު. އެ ޔަޤީންކަން އަޅުގަނޑު މިރޭވެސް މި ދެނީ. އެހެންވީމަ މިކަމަކީ އަޅުގަނޑުމެން އެއްގޮތަކަށްވެސް ފަރުވާ ކުޑަ ކުރަންވީ ކަމެއް ނޫން. ވަރަށް ޒިންމާދާރު ވާންވީ ކަމެއް މީ. ވަރަށް ޒިންމާދާރުކަމާ އެކީގަ އަޅުގަނޑުމެންގެ ރަށުގެ މަސްލަޙަތަށްޓަކައި، ކުރިމަގަށްޓަކައި، އަޅުގަނޑުމެންގެ ދާއިރާގެ މަސްލަޙަތާ ކުރި މަގަށްޓަކައި. އަޅުގަނޑުމެންގެ އަތޮޅާއި ސިޓީ އާއި މުޅި ރާއްޖޭގެ މަސްލަޙަތާއި ކުރިމަގަށްޓަކައި ނިންމަންވީ ނިންމުމެއް މީ.  

އެހެންވީމަ ރައްޔިތުން މި ނިންމަން ޖެހެނީ މިގޮތަށް އަބަދާ އަބަދު ސަރުކާރާއި މަޖްލީޙާ ދޭތެރޭގައި ކޯޅުން އެފެދި، ސަރުކާރާޢި މަޖްލީހާ ދޭތެރޭގައި ދެކޮޅުވެރިކަން އަބަދު އޮންނަ ހަމަ ނުޖެހުމުގެ ތެރޭގަ އޮންނަ ސިޔާސީ މަޝްރަހެއް ކުރިއަށް ދާންތޯ ނިންމަންވީ. އަޅުގަނޑު ޔަޤީންކުރަން ރައްޔިތުން އެގޮތެއް ބޭނުން ނުވާނެކަން. އަޅުގަނޑަށް ފުރިހަމަ ޔަޤީންކަން އެބައޮތް އިރާދުކުރެއްވީތީ.  

އަޅުގަނޑުމެނެ މި ބޭނުންވަނީ އޭގެ އިދިކޮޅު. ހަމަޖެހުން މިޤައުމުގަ ޤާއިމްވާން. ހަމަޖެހުން އަންނާނީ ރައްޔިތުންނަށް އަޅުގަނޑުވެފައިވާ ވަޢުދުތައް، ރައްޔިތުން އަޅުގަނޑު ފުއްދާނެ ކަމަށް ޔަޤީން ކޮށްގެން އަޅުގަނޑު އިންތިޚާބު ކޮށްފަ ހުރުމާ އެކުގަ އަދި އަޅުގަނޑު ޔަޤީންކަން އަބަދުވެސް ދޭ ދިނުމާއެކުގަ. އެ ވަޢުދުތައް ފުއްދުމަށް އެއްބާރުލުން ދޭނެ  މަޖްލީހެއް ހޮވާދީގެން ހަމަޖެހުން ޤާއިމް ކޮށްދިނުމުގަ ކުރިއަށް ދާން ރައްޔިތުން ނިންމާނެ ކަމަށް. ހަމަޖެހުން ޤާއިމް ކުރެވިގެންދާނެ. އެ ހަމަޖެހުން މި އަންނަނީ ހުރިހާ މާނައެއްގައި ކަންކަން ތަރުތީބުވެގެން. 

- ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މިއަދު އޮންލައިން