ޤައުމުގެ މިނިވަންކަން އޮތީ ހުރިހާ މާނައެއްގަ އަތުން ބީވެގެން ގޮސްފަ!: ރައީސް ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ
ޤައުމުގެ މިނިވަންކަން އޮތީ ހުރިހާ މާނައެއްގަ އަތުން ބީވެގެން ގޮސްފަ!: ރައީސް ޑރ. މުޢިއްޒު

ހަމަ އެއާއެކީގަ ޤައުމުގެ މިނިވަންކަން ރައްކާތެރި ކުރުމަށްޓަކާ، ޖުމްލަ މާނައިގައި ރައްކާތެރިކަން ގެނައުމަށްޓަކާ. މިނިވަންކަމުގެ ރައްކަތެރިކަން އެންމެ މުހިއްމު ރައްކާތެރި ކަމަކީ. އަޅުގަނޑުމެންގެ އަތުން އޮތީ އަޅުގަނޑުމެންގެ މިނިވަންކަން ހުރިހާ މާނައެއްގަ ބީވެގެން ގޮސްފަ. އޮވެގެން ރައްޔިތން ނިންމެވީ، އެޔެއް ނޫނޭ މި ޤައުމުގެ މިސްރާބަކަށް ވާންވީ. އެ މިސްރާބު ގޯސްވެގެން ދިވެހީންގެ އަތްމަށްޗަށް، ޕްރޯ މޯލްޑިވްސް ވިސްނުމުގެ މައްޗަށް، ދިވެހިންނަށް އިސްކަންދޭނެ ސިޔާސަތު އިސްކުރާނެ ސަރުކާރެއް ގެނައުމަށް ނިންމާ، ދިވެހީންގެ ރާއްޖެއެއް ޤާއިމް ކުރަން ނިންމީ.

އޭގެ ނަތީޖާ، މި ޤައުމުން ބޭރު ސިފައިން ބޭލުމުގެ މަސެއްކަތް ބާރު ސްޕީޑުގައި އެދަނީ. އަޅުގަނޑުމެންގެ އަތްމައްޗަށް ހުރިހާ ކަމެއް އިރާދކުރެއްވީތީ މި ޤައުމުގެ ހުރިހާކަމެއް އަމިއްލައަށް ބެލެހެއްޓޭނެ ފެންވަރު ޤާއިމް ކުރަމުން މިދަނީ ހުރިހާކަމެއް.  

އެހެންމަ، މި ރައްކާތެރިކަން އަޅުގަނޑުމެންނަށް އިހްސާސް މިހާރުވެސް ވާން ފަށާފަމިވަނީ. އެހެންމަ މި ކަންކަން ކުރިއަށް ގެންގޮސް، އެއީ ކާބޯތަކެތީގެ ރައްކާތެރިކަން ވިއަސް، އެއީ ކްރައިމް ރޭޓު ކުޑަކޮށްގެން ގޮސް، އަޅުގަނޑުމެން  މުޖުތަމައުގަ ހަމަޖެހުން ޤާއިމް ކުރެވިގެން، މި ހުރިހާ ކަމެއް މީ ގުޅި ލާމެހިފަ ހުރި ކަންކަން. ގެދޮރުވެރިކަމާ އެންމެ ބޮޑަށް ގުޅި ލާމެހިފަ އޮތީ. ރައްކާތެރިކަން ގެނައުމަށް، އިޖްތިމާއީ ރައްކާތެރިކަން ގެނައުމަށް.

އެހެންމަ، މި ރައްކަތެރިކަން ގެނައުމަށްޓަކާ ފައްށާފަ މިހިރަ ވަޢުދުވެފައިވާ ކަންކަން، މެނިފެސްޓޯގަ ހިމަނައިގެނަ، ޕްލޭން ކުރެވިގެން، ތަރުތީބު ކުރެވިގެން ފަށާފަ މިހިރަ ކަންކަމަށް އެއްބާރުލުން ދޭނެ ބޭފުޅުންކޮޅެއް މަޖްލީހަށް ވައްދަންވީ. އޭރުން މި ޤައުމުގަ ރައްކާތެރިކަން ޔަޤީންވާނީ. އެހެންވީމަ 3މި ކަންތައް، މި 3 ކަންތައް ތަރައްޤީ ޔަޤީންކުރަން، ޤައުމުގަ ހަމަޖެހުން ޤާއިމް ކުރުމަށް، ޤައުމުގަ ރައްކާތެރިކަން ކަށަވަރު ކުރުމަށް. މި ތިން ކަންތައް ކުރުމަށް އަޅުގަނޑުމެންގެ ކެނޑިޑޭޓުންނަށް ވޯޓުދިނީމަ އިރާދުކުރެއްވިއްޔާ ، އަޅުގަނޑު ޔަޤީންކަން މި ދެނީ މި 3 ކަންތައް މި ޤައުމުގަ ޔަޤީންކަމާ އެކީގަ ހަމަޖެހިގެން  ދާނެ ކަމަށް. އެހެންވީމަ ވަޤުތު ބޭކާރު ކޮށްލާނެ ކަމެއްނަތް.

މިއަދު އޮންލައިން