ޤައުމުގަ ހަމަޖެހުން ޤާއިމުކުރަން ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާ ނަގަން އެބަޖެހޭ!: ރައީސް ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 31ސ
ޤައުމުގަ ހަމަޖެހުން ޤާއިމުކުރަން ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާ ނަގަން އެބަޖެހޭ!: ރައީސް ޑރ. މުޢިއްޒު

މި މަޖްލީހަށް ރެއާ ދުވާލު ސަރުކާރުން މިކުރާ ކަންކަމަށް ހުރަސް އަޅާ، މި ޤައުމުގަ ހަމަޖެހުން އޮތަނުދީ އަބަދުވެސް ގަޑުބަޑުކަމެއްގެ ތެރޭގަ، އަބަދުވެސް އެކިކަހަލަ ތަޅާފޮޅުމުގެ ތެރޭގަ ދުއްވާލާނެ ބަޔަކު ވެއްދުމަކީ މި ޤައުމަށް ހަމަޖެހުން އަންނާނެ ކަމެއް ނޫން. 

މި ޤާއުމުގަ ހަމަޖެހުން ޤާއިމް ކުރަންވެސް އަޅުގަނޑުމެން އެބަޖެހޭ ވަރަށް ސީރިއަށް ކަމާ އެކީގަ އެންމެން އެކަތިގަނޑަކަށް ވާން. ކިތަންމެ ވަރަކަށް އަޅުގަނޑުމެން ބްރިޖްއާ މަގާއި ގެދޮރުވެރިކަމާ ދެން މިހެން ގޮސް އެކިކަހަލަ ކަންތައް ކުރިއަސް މިޤައުމުގަ ހަމަޖެހުން ނެތިއެއް އަޅުގަނޑުމެންނަށް ޙާސިލްވާނެ ތަރައްޤީއެއް ނެތް. އަޅުގަނޑުމެން އެބަ ވާންޖެހޭ އަޅުގަނޑުމެންގެ ޒިންމާ، ފަރުދީ ޒިންމާ އަދާކުރާ ބަޔަކަށް.

އަޅުގަނޑުގެ ސިޔާސަތަކީ ހަމަޖެހުން ޤާއިމް ކުރުން ހުރިހާ މާނައެއްގައިވެސް. ބަދަލުހިފުމުގެ ރޫޙު މި ޤައުމުން ނައްތާލުން. ނުފެންނާނެ މިއަދާ ހަމައަށް އައި އިރުގަވެސް ފެނިވަޑައިގެންފައެއް ނޯއްނާނެ، އަދި ކުރިއަށް އޮތްތާންގަވެސް ނުފެންނާނެ ކުރީޖަމާނުގެ، ކުރީގެ ވެރިކަންތަކުގަ ފެނުނުހެންނެއް. އޭރުގަ ރައީސްކަން ކުރި މީހުން ރައީސްކަން ކުރީތީ ގެންގޮސް ހައްޔަރު ކުރާތަނެއް. އޭރުގަ މިނިސްޓަރުކަން ކުރިމީހުން، މިނިސްޓަރުކަން ކުރީތީ ގެންގޮސް ހައްޔަރު ކުރާތަނެއް ނުފެންނާނެ މި ސަރުކާރަކުއެއް. އެ ބަދަލުހިފުމެއް ނުފެންނާނެ. 

އެހެންނަމަވެސް މިހާރު އިދިކޮޅު ފަރާތްތަކުން ޕޯޑިއަމްތަކުގަ ކޮން ވާހަކައެއްތޯ ދައްކަވަނީ؟ ތިބޭފުޅުން ރާއްޖޭގެ ރައްޔިތުން ބޮޑު އަޤްލަބިއްޔަތަކުން ކުރީގަ ދިޔަ މިސްރާބު ކަމު ނުގޮސްގެން ދިވެހިންގެ އަތްމައްޗަށް ރާއްޖޭގެ މިސްރާބު ގެނެއްސަ އޮއްވަ، އެކަން ކުރަން ފަށާފަ އޮތް ސަރުކާރެއް، އެކިކަހަލ ހަމަނުޖެހުމުގެ ތެރެއިން ބަދަލު ކުރުމާއި އަޒުލު ކުރުމާއި މިކަހަލަ ކަންކަން ކުރުމުގެ ވާހަކަ މިހާރު އެބޭފުޅުންނަށް ކެއް ނުވެގެން އިންތިޚާބު ކައިރިވާން ފެށީމަ ފާޅުގަ ސާފުކޮށް ވިދާޅުވާން ވެސް ފެށީ ނޫންތޯ. 

އޭގެ ކުރިން ވިދާޅުވީ ޖަވާބުދާރީ ކުރުވާ ވާހަކަ. ރަނގަޅު، ޖަވާބުދާރީ ކުރުވަން ޖެހޭނެ. އެކަމް ޖަވާބުދާރީގެ އެ ލަފްޒް އެބޭފުޅުން މާނަކުރަނީ އެ ސަރުކާރު ވައްޓާލުން، ސަރުކާރު ބަދަލުކުރުން. ޤާނޫނީ ހަމަތަކު މަތިން 5 އަހަރުން 5 އަހަރު ވޯޓުލައިގެން ސަރުކާރު ބަދަލުކުރެވޭނެ. އަޅުގަނޑާ ރައްޔިތުން ހަވާލު ކުރީ ޒިންމާއެއް. 5 އަހަރުތެރޭގަ މަސައްކަތް ތަކެއް ކުރަން. މި 5 އަހަރު ތެރޭގަ އަޅުގަނޑުމެ ހުރިހާވެސް އަމާޒެއް މި ހުރީ އަޅުގަނޑު ވަޢުދުވީ ހުރިހާ ކަމެއް ކުރަން. ޤާނޫނުން އުޅުގަނޑަށް ލާޒިމްކޮށްފަހުރި ޒިންމާތައް އަދާކުރަން. އެ ޒިންމާތައް އަދާ ކުރެވޭނެކަމުގެ ފުރިހަމަ  ޔަޤީންކަން އަޅުގަނޑަށް އެބައޮތް އިރާދުކުރެއްވިއްޔާ. އިރާދުކުރެއްވިއްޔާ އަޅުގަނޑު ވީ ހުރިހާ ވަޢުދެއް އަޅުގަނޑު ފުއްދާނަން. ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކީގަ. މި އިންތިޚާބުގަ ރައްޔިތިން ފުރިހަމަ ތާޢީދެއް އަޅުގަނޑަށް، މި ސަރުކާރަށް ދޭނެކަން އަޅުގަނޑު ޔަޤީން ކުރަން. ދީގެން މި 5 އަހަރު ވެގެން ދާނީ ރައްޔިތުން ކޮންމެ ބޭފުޅަކުވެސް ފަޚުރުވެރިވާ ފަދަ 5 އަހަރަކަށް ކަން އަޅުގަނޑު ޔަޤީންކަން ދެން ތިބެފުޅުންނަށް. 

އެޔައް ހުރަސްއަޅާ، ހަމަނުޖެހުން ޤާއިމްކޮށް، އަޅުގަނޑުމެން ޤައުމުގަ އަބަދާ އަބަދު ކުރީގަ އޮތް ބަދަލު ހިފުމުގެ ރޫޙު އަލުން އިޔާދަކޮށް އެ ނޭޢްޤާނީ ސިފަތަކުގެ ތެރޭގައި އަޅުގަނޑުމެން ތާށި ކޮށްގެން އަޅުގަނޑުމެންގެ މުސްތަޤްބަލް ބަނަކޮށްލާކަށެއް ފުރުޞަތު ދޭނެކަމެއް ނެތް. އެއީކީއެއް ނޫން އަޅުގަނޑުމެންގެ ޤައުމަށް ޙައްޤު މިންވަރަކީ. އަބަދަކު ދެތިންމީހަކު ބޭނުންވާހާ ގޮތަކަށެއް ނޫން އަޅުގަނޑުމެންގެ މުސްތަޤްބަލް ބައްޓަން ކުރަން ދީލާލާން ޖެހޭނީކީ އެއް. އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލް، އަޅުގަނޑުމެން އަބަދުވެސް ޚިޔާލީ ދުނިޔެއެއްގަ ވިޝްކޮށްލަ ކޮށްލާ އޮންނަންވާ ކަމަކަށް ހަދައިގެން ނުވާނެ. ޙާގީގީ މާނައިގައި އެކުދިންނަށް، އެ ދަރިންނަށް މުސްތަޤަބަލެއް ގެނެސްދީ ޙަޤީގަތުގަ އުފާވެރިކަން ގެނެސްދިނުމުގެ ވިސްނުން އަޅުގަނޑުމެން ހުންނަންޖެހޭނީ. އެ ޢަޒުމުގަ މި ސަރުކާރު މި އޮތީ. އެމަސައްކަތް އަޅުގަނޑުމެން މި ކުރަނީ. އެ ޔަޤީންކަން އަޅުގަނޑުމެންނަށް އެބައޮތް. 

އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވީ އިރުގަ އިޤްތިޞާދު  އޮތީ ކޮންފަދަ އަނދަވަޅެއްގަތޯ؟ މިހާރު އޮތީ ރަނގަޅު މަގުން ދަނީ. ހުރިހާ ކަމެއްވެސް ރަނގަޅު މަގުން އެދަނީ. އެހެންވީމަ، ޤައުމަށް ހަމަޖެހުން ގެނައުމަށްޓަކާ އަޅުގަނޑުމެން ވޯޓް ދޭންވީ.

މިއަދު އޮންލައިން