އެންމެ ވަގުތުކޮޅެއްވެސް ބޭކާރު ކޮށްލާފަކާ ނޯއްނާނެ! ހުރިހާ ވަޤުތަކު މަސައްކަތްމިކުރަނީ ތަރައްޤީ ޔަޤީންކޮށްދިނުމަށް!: ރައީސް ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
އެންމެ ވަގުތުކޮޅެއްވެސް ބޭކާރު ކޮށްލާފަކާ ނޯއްނާނެ! ހުރިހާ ވަޤުތަކު މަސައްކަތްމިކުރަނީ ތަރައްޤީ ޔަޤީންކޮށްދިނުމަށް!: ރައީސް ޑރ. މުޢިއްޒު

މުޅި ރާއްޖޭގެ ރައްޔިތުންނަށްވެސް ހަމަ މި ވާހަކަ ދަންނަވާލަންއޮތީ. ތަރައްޤީއަށޭ ވޯޓު ދެއްވަންވީ. އަޅުގަނޑުމެން މިތިބީ އިރާދުކުރެއްވިއްޔާ ރެއާ ދުވާލު ތަރައްޤީއަށް މަސެއްކަތް ކުރުމުގަ ތެދުވެ މިއަދާ ހަމަޔަށް އައިއިރުގަވެސް، މި ވެރިކަމުގަ މިއަދާ ހަމައަށް އައި އިރުގަ،މިދިޔަ ގާތްގަނޑަކަށް 5 މަސް. އަޅުގަނޑުމެންގެ އެންމެ ވަގުތުކޮޅެއްވެސް ބޭކާރު ކޯށްލާފަކާ ނޯއްނާނެ ތަރައްޤީ ޔަޤީންކޮށްދިނުމަށް ނޫނިއްޔާ. ތަރައްޤީ ޔަޤީން ކޮށްދޭން މަސެއްކަތް ކޮށްފަ އޮންނާނީ. ރާއްޖޭގެ ކަންކޮޅުތަކުގަ އަޅުގަނޑުމެންނާ ހަވާލުވީ އިރުގަ ހުއްޓިފަހުރި އެތައް މަޝްރޫއެއް. ކުރީ ދުވަހު އަދަދުތައް ކިޔާ ދިނިން އަޅުގަނޑު. މިހާރު ޢަދަދުތައް އިތުރުވެސް ވެއްޖެ ފެށިފަ ހުރި މަޝްރޫއުތައް. އެދަނީ ފެށިގެން ބާރަށް. އަދި އާ މަޝްރޫއުތައްވެސް އެކި ރަށްރަށުގަ ކުދި ބޮޑު މަސެއްކަތްތައް އެހެރީ ފެށިފަ.  

ބިން ހިއްކުން، ބަނދަރު ހެދުން، އެޔާޕޯރޓް އެޅުން، ނަރުދަމާ އެޅުން. އަލަށް ފެށިގެން އެދަނީ އެތައް މަސައްކަތެއް. ތަރައްޤީ ޔަޤީން ކުރަން. ދެން މި ކަންކަމަށް ހުރަސް އަޅާނެ ބަޔަކު ދތިބޭފުޅުން އެކިދާއިރާތަކުން ރާއްޖޭގެ ކަންކޮޅުތަކުން މަޖްލީހަށް ވައްދަންވީ ސަބަބެއް ނެތް. ކޮންކަމަކަށްތޯ، ތަރައްޤީ ބޭނުންވޭ، ތަރައްޤީ ގެނައުމަށްޓަކާ އަޅުގަނޑުމެން މިތިބީ ސަރުކާރު ރެއާ ދުވާލު މަސައްކަތުގަ ތިއްބަ އެޔަށް ހުރަސްއަޅާނެ ބަޔަކު މަޖްލީހަށް ތިބޭފުޅުން ހޮވަންވީ ސަބަބެއް އަޅުގަނޑަކަށް ހިޔެއް ނުވޭ އެއްވެސް މީހަކު ޤަބޫލު ކުރާނެހެއް އޮންނާނެކަމަކަށް.  

އަޅުގަނޑު ޔަޤީން ކުރަނީ ހަމަ ރާއްޖޭގެ 93 ދާއިރާގެ ރައްޔިތުންވެސް ތަރައްޤީއަށްޓަކާ، ތަރައްޤީ ގެނައުމަށް މި 5 އަހަރު މިދިޔަ ހުރިހާ ދުވަސްތަކު އެ ލަކަސްކޮށް އައި ތަރައްޤީ، އައިއްސަ ގޮއްސަވީ ތަރައްޤީ، ތަރައްޤީތައް ވާން އުޅެފަ ނުވެ ދިޔަ ތަރައްޤީ، ޔަޤީންކަމާ އެކީގަ، ޔަޤީން ކަމާއެކީގަ މި 5 އަހަރު ތިބޭފުޅުންގެ ތަރައްޤީ ޙާސިލް ކުރުމަށްޓަކާ އަޅުގަނޑުމެން ކެނޑިޑޭޓުން ހޮއްވަވާ ދޭނެ ކަމަށް އަޅުގަނޑު ޔަޤީން ކުރަން.

މިއަދު އޮންލައިން