މިހާރު ހުޅުމާލޭގަ އެދަނީ ޢަމަލީގޮތުން ގޯތި ހަވާލު ކުރަމުން. ކުޑަ ލަސްވުމެއް އައީ. ގޯތިތައް ދިނީ ބެލުމެއް ނެތި ހަމަ އާންމުކޮށް ކަންކުރިގޮތަށް އެބޭފުޅުން ކަން ކުރަމުން ދިޔަ ގޮތަށް. އެކިކަހަލަ ޕްރޮޖެކްޓްސްތަކަށް ދީފަހުރި ޓެމްޕަރަރީ ލޭންޑްސްތަކާވެސް އެއްކޮށް، މަގަކަށް ވެސް ބެލުމެއް ނެތް، ނަރުދަމާއަކަށްވެސް ބެލުމެއްނެތް. މިހާރު އެޗް.ޑީ.ސީ އިން އެ ހުރިހާ ތަންތަން ރަނގަޅުކޮށްފަ ގޯތިތައް އެދަނީ ފިޒިކަލީ ޢަމަލީގޮތުން ހަވާލު ކުރަމުން. ކަޑަ ޖަހަމުން، އިންފާރުތައް ރާނަން ހަވާލުކުރަމުން. އަދި ހަވާލުކުރަމުން ދާ ތަންތަން މިހާރު ބައެއް މީހުންނަށް އިމާރާތް ކުރުމުގެ ހުއްދަވެސް ދީފި. އެހެންމަ އަޅުގަނޑު ވީ ވަޢުދެއްވިއްޔާ ފުއްދާނަން. ފޭސް 3 ގަ ހިއްކަމުން ދާ ތަން ހަމަ އެޔޮށްދަނީ ހިއްކަމުން ނޫންތޯ؟ ހިއްކާ ނިންމާނަން. ގުޅީ ފަޅުންވެސް ހަމަ އެދަނީ ބާރު ސްޕީޑުގަ ހިއްކަމުން. ހަމަ އެތަނުންވެސް ވަޢުދުވީގޮތަށް އެ ފައިންލް ލިސްޓްގަ ގެޒެޓް ކުރި އެންމެންނަށް ގޯތި ހަވާލުކޮށް ނިންމާނަން.
އަދި އެތަންތަނުގަ އެތަނުގަ މަގާ، ފެނާ، ނަރުދަމާ ، ކަރަންޓް. ހުރިހާ ޔުޓިލިޓީސް ހަވާލު ކޮށްފަ އެޔޮތީ އެކަން ކުރެވޭނެ ވަރުގެ ބޮޑު ކުންފުންޏަކާ. ހަވާލުކުރަން އެމް.އޯ.ޔޫ ގަ ސޮއެކޮށް ދެން ކޮންޓްރެކްޓާ ހަމައަށް ދާނެ. ހަމަ އެގޮތަށް ގިރާވަރު ފަޅުވެސް. އެހެންމަ މި ހުރިހާ ތަނެއް ހިއްކުމާއެކީގަ ވަޢުދުވީގޮތަށް، ގިރާވަރު ފަޅުން ގޯތި ދިން މީހުންގެ ތެރެއިން ބައެއް މީހުންނަށް އެފަޅު އެއްކޮށް ހިއްކިއަސް ގޯތި ނުދެވޭހާ ގިނައިން ގޯތި ދީފަ އޮތީމަ، އެބޭފުޅުންނަށް އަޅުގަނޑުމެން އޯޕަން މި ކޯށްލީ އެތަނުން ގާތްގަނޑަކަށް 1100، 1200 އެއްހާ ގޯތި ގުޅީފަޅަށް ބަދަލު ކޮށްގެން ނޫނިއްޔާ، ގުޅީފަޅުގަ ޖާގަވެސް އެބައޮތް އަޅުގަޑުމެން ތިލަފުށްޓަކަށް ޕޯރޓް ބަދަލުކޮށްފަ އޮތީމަ މިހާރު.
އެހެންވީމަ، ގިރާވަރު ފަޅާ، ގުޅީ ފަޅުގަ ގޯތި ދިން އެންމެންނަށް ގޯތިތައް ހަވާލު ކުރުމުގެ މަސެއްކަތް ވަޢުދާ އެއްގޮތަށް ދާނީ. އޭގެ އިތުރަށް ފްލެޓް އެޅުމާއި، މިހާރު އަޅާފަ އެހެރަ ފްލެޓްތައް ހަވާލު ކުރުންވެސް ހަމަ ވަޢުދުވީގޮތަށް. އަޅުގަނޑު ވަޢުދުވީ ކަމެއްވެއްޖެއްޔާ ފުއްދާނަން.
ދެން ޤާނޫނުގަ އޮތްގޮތަށް ކަމެއް ކުރަން ޖެހުމަކީ އަޅުގަނޑު ގެ ޒިންމާއަކަށްވާތީ" އޭސީސީއިން މައްސަލައެއް ހުށައެޅީމަ،އެކަން ބަލަނީ. އޭ.ސީ.ސީ އިން މައްސަލަ ޖެއްސީމަ، އެކަން ބަލާލަން ޖެހޭތީ ބަލަނީ. އަޅުގަނޑު ބޭނުމެއް ނޫން، އެންމެ މީހެއްގެވެސް ފްލެޓް އަތުލާކަށް. އަޅުގަނުޑު އިރާދުކުރެއްވިއްޔާ ހަމަ ވަރަށް ބޮޑަށް ޤަބޫލުކުރަން މާ ލަސްތަކެއް ނުވެ އެ ހަތަރުހާސް ރައްޔިތުންނާ ފްލެޓްތައް ހަވާލްކޮށް ނިންމާލެވޭނެ.
އެހެންވީމަކާ ދެން އެހެން މީހުންނަށް ކަންކަން އޮޅުވާލެވޭނެކަމށް ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. ރައްޔިތުން ކުރިމަތީގަ ފެންނަން ހުރި ހަޤީގަތް. އެހެންވީމަ 5 އަހަރެއް އަނެއްކާ މި ހުރިހާ ކަމެއް މިހާ ފަރުވާކުޑަކޮށް ކުރި ބަޔަކަށް މާލޭގެ ރައްޔިތުން ދޭންވީ އެއްވެސް ސަބަބެއް ނެތް.
އަޅުގަނޑާ މާލޭގެ ރައްޔިތުން ސަރުކާރުގެ ލެވެލްއެއްގަ ކުރަން، ސަރުކާރުގެ ހައިސިއްޔަތުން ކުރަން ހަވާލުކޮށްފަ އެކަމަށް ބޭނުންވާ އެންމެ ބޮޑު އެހީތެރިކަން ދޭން ޖެހޭތަން މަޖްލިސް، އަޅުގަނޑާ އިދިކޮޅަށް މަސެއްކަތް ކުރާ ގޮތަށް ނިންމާނެކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މާލޭގެ ރައްޔިތުން އިރާދުކުރެއްވިއްޔާމު، މާލެގެ ގެދޮރުގެ މައްސަލަ ހައްލު ކުރެވޭގޮތަށް އަޅުގަނޑަށް އެއްބާރުލުން ދޭނެ ކެނޑިޑޭޓުން ހޮއްވަވާ ދެއްވާނެ. އަޅުގަނޑު ޔަގީން ކުރަން އެގޮތަށް. މިތާ މި ތިއްބެވި އަޅުގަނޑުމެންގެ 2 ކެނޑިޑޭޓުން، މާލޭގަ 17 ކެނޑިޑޭޓުން އެބަ ތިއްބެވި. މި ހުރިހާ ބޭފުޅުން އިރާދުކުރެއްވިއްޔާ ތިބޭފުޅުން ހޮއްވަވާ ދެއްވުމަކީ، އަދި ހޮވާ ދެއްވާނެކަމަށް ޔަޤީންވެސް ކުރަން،އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.