ވަގުތު ބޭކާރު ކުރުމުގެ ބޭނުމެއް ނެތް. މާލޭގެ 17 ގޮނޑި އަޅުގަނޑުމެންގެ މެންބަރުންނަށް ދެއްވެވުމަކީ އަޅުގަނޑު ވަރަށް އަދަބުވެރިކާމާއެކީ އެދޭ ކަމެއް. އެޅުގަނޑު ބޭނުންވަނީ ނަތީޖާ ނެރެން. ތަރައްޤީގެ ނަތީޖާ ނެރެން. ތަރައްޤީގެ ނަތީޖާ ނެރެ ދައްކުވައި ދޭނަން އިރާދުކުރެއްވިއްޔާ މާލޭގެ ރައްޔިތުންނަށް.
އެހެންވީމަ ފުރަތަމަ މަހު ވެރިކަމުގެ ފުރަތަމަ މަހު، މި ގުޅިފަޅާ ގިރާވަރުފަޅާ ހުޅުމާލެ ހިއްކައިގެން އަދި ނުފުދޭނެތީ 5 އަހަރު ނިމުމުގެ ކުރީގަ ދެން އެންމެ ކައިރިގައި އޮތް ފަޅުވެސް ހިއްކަން މި ފެށީ. އެތަން މިހާރު ފައްޓައިގެން އެތަން ހިއްކައިގެން، ދެން ތިބި މީހުންނަށްވެސް އެތަނުން ގޯތީ ދީ، ފްލެޓްދީ ހުރިހާކަމެއް 5 އަހަރުތެރޭ ނިންމަންވެގެން އެކަން ފެށީ، މީގެ ކުރީގަ ދިޔަ ސަރުކާރުތަކުން ހެދި ގޮތް ނަހަދަންވެގެން، ވެރިކަން ނިމެން ދެތިން މަހަށް ވީމަ މަސެއްކަތް ނުފަށާންވެގެން ކުރީބައިގަ ފެށީ އެހެންވެގެން.
އެހެންވީމަ، އިރާދުކުރެއްވިއްޔާ އޭރުގެ ސަރުކާރުން އަވަސްއަރުވާލާފަ ދޭން ނިންމި ގޯތިތައްވެސް ހަމަ ހަވާލު ކުރާނަން. އަޅުގަނޑަކީ ވަޢުދެއް ވެއްޖެއްޔާ އެ ވަޢުދެއް ފުއްދާނެ މީހެއް.