ރިޔާސީ އިންތިޚާބުގަ އަޅުގަނޑަށް ރައްޔިތުން ތާއީދުކުރީ 5 އަހަރުވީއިރުވެސް ބޯހިޔާވަހިކަމުގެ ވަޢުދު ނުފުއްދީމަ!: ރައީސް ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 12ސ
ރިޔާސީ އިންތިޚާބުގަ އަޅުގަނޑަށް ރައްޔިތުން ތާއީދުކުރީ 5 އަހަރުވީއިރުވެސް ބޯހިޔާވަހިކަމުގެ ވަޢުދު ނުފުއްދީމަ!: ރައީސް ޑރ. މުޢިއްޒު

އެހެންވީމަ ރައްޔިތުން ނިންމެވީ ރިޔާސީ އިންތިޚާބުގަ އެކަން ބަދަލުކުރަން. އަޅުގަނޑަށް އިތުބާރުކުރައްވާ މާލޭގެ ރައްޔިތުން އަޅުގަނޑަށް އެ ފުރުސަތު ދެއްވީ. އަދިވެސް ޝުކުރު ދަންނަވަން އިތުބަރު ކުރެއްވި ކަމަށްޓަކާ. އަޅުގަނޑު މިދޭ ޔަޤީންކަމަކީ، އަޅުގަނޑަށް ތިބޭފުޅުން މަސެއްކަތް ހަވާލު ކުރައްވާފަ އޭރުއްސުރެ  މިއަދާ ހަމައަށްވެސް މި ކޮމަންކޮށް މި އޮތް މަޖްލިސް، އޭރުވެސް އެއްބާރު ލުން ނުދި ކަންތައްތައް ދިޔަގޮތް މިއޮތީ، މި ދެންނެވީ.

މަޖްލީހުގެތެރޭގައި ސުޕަރ މެޖޯރިޓީ އޮވެމެ ސަރުކާރުވެސް އޮވެމެ މާލޭގެ ރައްޔިތުންގެ މި ގެދޮރުގެ މައްސަލަ ހައްލު ނުކޮށްދީ ފަހު ވަގުތި، ނަމެއްގަ ކަންކުރާ އުސޫލުން ގޯތިތައް ކަނޑުންނާއި ފަޅުންނާ ތަންތަނުން ބަހާ ނިންމާ، ފްލެޓްތައްވެސް ހަމަ އެންމެ ފަހުވަގުތު އަޅަން ފަށާ، އަދިވެސް އަޅުގަނޑުމެން އައިސް ބާރު ސްޕީޑުގަ މި ނިންމަނީ އެ ހަތަރުހާސް ފްލެޓްވެސް. މިކަން ކުރި ބަޔަކު އަދިވެސް މަޖްލީހުގަ ތިއްބަ އަނެއްކާވެސް އެމީހުންނަށް ދޭންވީތޯ ކުރިއަށް އޮތް 5 އަހަރު، އަޅުގަނޑާއި ތިބޭފުޅުން މާލޭގެ މި ގެދޮރުގެ މައްސަލަ ހައްލު ކުރަން ސަރުކާރު ހަވާލު ކޮށްފަ، އެއަށް ހުރަސް އަޅަން. މާލޭގެ ރައްޔިތުން ނިންމަންވީ މައްސަލައެއް މީ. 3 ދުވަސް ބާކީ އޮތީ. ވަރަށް ސާފު މައްސަލައެއްމީ.  

މިދިޔަ 5 އަހަރު މަޖްލީހުގެ ސުޕަރ މެޖޯރިޓީ އޮވެމެ، މި މާލޭގެ ރައްޔިތުންނަށް، މި މާލޭގެ ގޮނޑިތަކުގައި ތިއްބެވި ބޭފުޅުން، އަދިވެސް ތިއްބެވި ބޭފުޅުން މި މައްސަލަ ހައްލު ނުކޮށްދެއްވަ ނޫންތޯ. ދައުރު ނިމެން ދެތިން ދުވަހަށް ވީމަ، ދެތިން ދުވަހޭ ދެއްތޯ ދެން ދެންނެވޭނީ. ދައުރު ނިމެން ހަމަ ވަރަށް ގާތް ވެފަ އޮއްވަނޫންތޯ މިކަމާ އުޅެއްފެށީ. 

ގެދޮރު އެކެއް، ދޭއް، ދިހައެއް ގޮސް ސަތޭކަ ވަނައަށްވެސް މާލޭގެ ރައްޔިތުންނަށް މުހިންމީ ގެދޮރުގެ މައްސަލަ ހައްލުކުރުން. މިތާ އެބަ ތިއްބެވި އެކަމަށްޓަކާ ރެއާއި ދުވާލު ޤުރުބާންވީ ބޮޑެތި ހަރަކާތްތައް ހަދައިގެން މަސެއްކަތް ކުރި ފަރާތްތައްވެސް. ގޯތި ހަރަކާތް ނަމުގަ މަސެއްކަތް ކުރެއްވި ބޭފުޅުންވެސް މިތާ އެބަ ތިއްބެވި. އެކަން ޤަބޫލު ނުކުރެވިގެން ވަޑައިގެން އަޅުގަނޑުމެންނާ އެކީގަ. އެހެންމަ މި މައްސަލަ ހައްލު ކުރުމުގަ ސަރުކާރަށް އަޅުގަނޑަށް ފުރުސަތު ރައްޔިތުން ސަރުކާރު ހިންގަން ދީފަ، އެޔަށް ހުރަސް އަޅުން މަޖްލިސް އެބޭފުޅުންނަށް ދިނީމަ މި ދެކޮޅެއް ނުޖެހެ. ދެކޮޅެއް ނުޖެހޭނެ.

މިއަދު އޮންލައިން