ރިޔާސީ އިންތިޚާބުގަ 2018 ގައި، ކެމްޕެއިން ކުރި އިރުގަ ވަޢުދުވި މާލޭގެ ރައްޔިތުންނަށް ގޯތި ދީ ނިންމާނަމޭ. އެކަން ނުވެ ގޮސް، ދެން އައީ މަޖްލީސް 2019. ވަޢުދުވީ މަޖްލީސް ލިބިގެންނޭ އެކަން ވާނީ. އެކަމެއް ނުވި. ނުކޮށް ދެއްވި. ދެން މާލޭގެ ރައްޔިތުން ނިންމެވީ އޭރުގަ އޮތް ސަރުކާރަށް އެހާ ބޮޑު ސުޕަރ މެޖޯރީޓީއެއް ދިނީމަވެސް އެކަން ނުވީމާ އުއްމީދު ގެއްލުނީ، އިތުބާރު ގެއްލުނީމާ ރައްޔިތުން އެހެން ގޮތެއް ޚިޔާރު ކުރަން ނިންމީ. މާލޭގެ މޭޔަރުކަމަށް އަޅުގަނޑު ކުރިމަތިލީމަ ހަމަ މާލޭގެ ރައްޔިތުން، އޭގެތެރޭގައި އެމް.ޑީ.ޕީ މެންބަރުން ހަމަ ގިނައިން ހިމެނޭނެ، ނިންމެވީ ސަރުކާރަށް މީގަ އެއްބަރު ލުންދޭންވީ އެއްވެސް ސަބަބެއް ނެތޭ މާލޭގެ މޭޔަރުކަމަށް ސަރުކާރުގެ ކެނޑިޑޭޓަކު ހޮވައިގެން.
އެޔެއްނޫންތޯ މި މަސެއްކަތްތައް ފެށިގެން އައި ހިސާބަކީ. ދެން ރައްޔިތުން އަޅުގަނޑު އޭރު ޚިޔާރު ކުރީ މޭޔަރުކަމަށް. އެ މަސެއްކަތް ފެށިގެން ސަރުކާރުން ހަމަ އެއްވެސް އެއްބަރުލުމެއް ނުދިން. ގުޅީފަޅު ހިއްކަމުން ދިޔައީ، އަޅުގަނޑު ދެންނެވިން އެތަނުގަ ޕޯރޓް އަޅާނެ ކަމެއް ނެތޭ ބޭކާރު ބޮޑު ޖާގައެކޭ ތި ގެއްލުވާލަނީ. ތިލަފުށްޓަށް ބަދަލުކޮށްލަ ދެއްވާށޭ. އެ ޖާގަކޮޅުވެސް މާލޭގެ ރައްޔިތުންނަށް ހުސްކޮށްދީ އެތަނުގަ ތިރީހަކަށް ހާސް މާލޭގެ ރައްޔިތުންނަށް ގޯތި ދެވެން އެބައޮތޭ. ފްލެޓްވެސް ދެވެން އެބައޮތޭ. ހަމަ ހިލާ އެ ދެއަހަރާއިބައި، އަޅުގަނޑު މޭޔަރަކަށް ހުރި އިރުގަ ކައުންސިލަށް އެއްވެސް ފުރުސަތެއް ނުދީ ސަރުކާރުންވެސް ވަގުތު ބޭކާރު ކޮށްލީ. މީ ނޫންތޯ ކަންވީގޮތް. ހަމަ މި މެޖޯރިޓީ، މިހާރުވެސް އެ މަޖްލީހުގަ އެބޭފުޅުން ތިއްބެވި. އޭރުވެސް ތއްބެވި.