ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓުދޭންވީ ސަބަބު ވަކި އަތަކަށް ނުޖެހި، ތަޢާއްސަބުން އެއްކިބާވެހުރެ، މިނިވަންކަމާ އިންސާފުވެރިކަމާއެކީގަ ވިސްނައިފި ކޮންމެ މީހަކަށްވެސް ޤަބޫލު ކުރެވޭނެ!: ރައީސް ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓުދޭންވީ ސަބަބު ވަކި އަތަކަށް ނުޖެހި، ތަޢާއްސަބުން އެއްކިބާވެހުރެ، މިނިވަންކަމާ އިންސާފުވެރިކަމާއެކީގަ ވިސްނައިފި  ކޮންމެ މީހަކަށްވެސް ޤަބޫލު ކުރެވޭނެ!: ރައީސް ޑރ. މުޢިއްޒު

ރައްޔިތުން މަޖްލީހުގެ އިންތިޚާބުގައި ވޯޓު ލާންވީ ދުވަސް މިހާރު މިވަނީ ވަރަށް ކުޑަތަންވެފަ. 21 ވަނަ ދުވަހު އަޅުގަނޑުމެން އެންމެން ހެނދުނުހެނދުނާ އަވަސްވެގަންނަންވީ ތަރައްޤީއަށް ވޯޓު ދިނުމަށް ނުކުމެ ވަޑައިގަތުމަށް. ޤައުމުގެ ހަމަޖެހުމަށް ވޯޓުދެއްވުމަށް ބާރުލާފަ އެންމެން އެކުގަ ނުކުމެވަޑައިގަތުމަށް. މި ޤައުމުގެ މިނިވަންކަމާޢި މި ޤައުމުގެ ސިއާދަތާ އަމަންއަމާންކަމުގެ ރައްކާތެރިކަމަށް ވޯޓުދެއްވުމަށް އެންމެން އެކުވެރިކަމާއެކީ  ޤައުމީ ރޫޙެއްގައި ނުކުމެވަޑައިގަތުމަށް.

މި ކަންތައްތައް، މި ތިން ކަންތައް ޙާސިލްވާން އޮތީ ހަމަ ޔަޤީނުންވެސް ބުއްދީގެ ބޭނުންކޮށް، ވަކި އަތަކަށް ނުޖެހި، ތަޢާއްސަބުން އެއްކިބާވެހުރެ މިނިވަންކަމާއި އިންސާފުވެރިކަމާޢި އެކީގަ ވިސްނައިފި  ކޮންމެ މީހަކަށްވެސް ޤަބޫލު ކުރެވޭނެ ފަދައިން އަޅުގަނޑުމެންނަށް ތާޢީދު ކުރާ، އަޅުގަނޑުމެންގެ ފަރާތުން ނުކުމެތިބި ޤައުމުދެކެ ލޯބިވާ ކެނޑިޑޭޓުންނަށް ވޯޓުދީގެން އެކަނިކަން. 

މި ނޫން އެއްވެސް ގޮތެއް މީގަ ވިސްނައިފި ކޮންމެ މީހަކަށް އަޅުގަނޑުމެންގެ ކުރިމަތިން ފެންނަން ހުރި ކަންކަމަށް ބަލާއިރުގަ، ވޭތުވެދިޔަ މި ސަރުކާރު އުފެދިގެން މިއަދާ ހަމައަށް އައި އިރުގަ، މިހާރު އޮތް ރައްޔިތުންގެ މަޖްލީހުގެ ތެރެއިން އަޅުގަނޑުމެންނަށް ފެންނަމުންދާ ޙަޤީގަތްތަކަށް ބަލާއިރުގަ މިނޫން އިތުރު އެއްވެސް ޖަވާބެއް ނާދެ.

މިއަދު އޮންލައިން