ޤައުމުގެ މިނިވަންކަމާ ހަމަޖެހުމާ ތަރައްޤީއަށްޓަކާވެސް ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިދިނުން ވާނީ އަޅުގަނޑުމެންގެ ދަރިންނަށްޓަކައިވެސް ކޮށްދެވޭ ހެޔޮކަމަށް!: ރައީސް ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ޤައުމުގެ މިނިވަންކަމާ ހަމަޖެހުމާ ތަރައްޤީއަށްޓަކާވެސް ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިދިނުން ވާނީ އަޅުގަނޑުމެންގެ ދަރިންނަށްޓަކައިވެސް ކޮށްދެވޭ ހެޔޮކަމަށް!: ރައީސް ޑރ. މުޢިއްޒު

އާދެ އެހެންމަ ރައްޔިތުން ސާބިތުވެ ވަޑައިގަންނަވަންވީ ޤައުމާއިގެން ކުރިއަށް ދާން. ޤައުމާޢިގެން ކުރިއަށް ދާންވީ. ޤައުމުގެ ތަރައްޤީ ޔަޤީން ކުރަން، ޤައުމުގެ ހަމަޖެހުން ޔަޤީން ކުރަން، ޤައުމުގެ ރައްކާތެރިކަން ޔަޤީންކުރަން. އަޅުގަނޑުމެންގެ ކެނޑިޑޭޓުން އާދިއްތަ ދުވަހު އޮންނަ ވޯޓުގަ ހޮއްވަވާ ދެއްވުމަކީ އަޅުގަނޑުމެން އަޅުގަނޑުމެންނަށްޓަކާ ކޮށްދެވޭނެ ކަމެއް. ހަމަ ޙަޤީގަތުގަވެސް. އަޅުގަނޑުމެންގެ ދަރިންނަށްޓަކާ އަޅުގަމޑުމެންނަށް ކޮށްދެވޭނެ ވަރަށް ހެޔޮ ކަމެއް އެއީ. 

އަޅުގަނޑު މިހިރީ އިޚްލާސްތެރި ކަމާއެކީގަ. އިޚްލާސްތެރިކާމާއެކީގަ، ތެދުވެރިކަމާއެކީގަ، އަމާނާތްތެރިކަމާ އެކީގަ ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ ﷲ ގަންދީ ހުވާކޮށްގެން އަދާކުރުމުގަ. ރެއާދުވާލު ކޮންމެ ސިކުންތެއްވެސް އަޅުގަނޑު ހޭދަކުރަނީ އެކަމުގަ. އެހެންވީމަ، އަޅުގަނޑު މި މަސައްކަތް ކުރުމުގަ ހުންނަ އިރުގަ އަޅުގަނޑަށް ތިބޭފުޅުން މަސައްކަތް ހަވާޅުކޮށްފަ އެކަން ކުރެވޭނެ މަގު ފަހިކޮށްދެއްވުން އަޅުގަނޑު އެދޭ އެދުމަކީ. ޔަޤީންކުރަން ތިބޭފުޅުން އެކަން ފަހިކޮށްދެއްވާނެކަން. އެ ފަހިކޮށްދެއްވުން ވާނީ ކުރިއަށް އޮތް 5 އަހަރުތެރޭގަ ތަކުރާރުކޮށް މި ދަންނަވާ ފަދައިން ރައްޔިތުން އުއްމީދުކުރަމުން އައިގޮތަށް، ގެދޮރުވެރިކަމާއި ތަރައްޤީގެ ހުރިހާ ކަމެއް ޔަޤީން ކޮށްދެވި، އަޅުގަނޑުމެންގެ މުސްތަޤުބަލް އަޅުގަނޑުމެން ބޭނުންވާ ގޮތަށް ބައްޓަންވެ އަޅުގަނޑުމެން އުފާ ކުރާނެ ފަދަ ގޮތަކަށް މި ޤައުމު ތަރައްޤިވެގެން ދާނެ ދިއުމަކަށް. 

- ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން

 

މިއަދު އޮންލައިން