ހަމައެއާއެކީގަ، މި ޤާއުމުގަ ހަމަޖެހުން ޤާއިމް ކުރަންވެސް އަޅުގަނޑުމެން އެބަޖެހޭ ވަރަށް ސީރިއަށް ކަމާ އެކީގަ އެންމެން އެކަތިގަނޑަކަށް ވާން. ކިތަންމެ ވަރަކަށް އަޅުގަނޑުމެން ބްރިޖްއާ މަގާއި ގެދޮރުވެރިކަމާ ދެން މިހެން ގޮސް އެކިކަހަލަ ކަންތައް ކުރިއަސް މިޤައުމުގަ ހަމަޖެހުން ނެތިއެއް އަޅުގަނޑުމެންނަށް ޙާސިލްވާނެ ތަރައްޤީއެއް ނެތް. އަޅުގަނޑުމެން އެބަ ވާންޖެހޭ އަޅުގަނޑުމެންގެ ޒިންމާ، ފަރުދީ ޒިންމާ އަދާކުރާ ބަޔަކަށް. މި މަޖްލީހަށް ރެއާ ދުވާލު ސަރުކާރުން މިކުރާ ކަންކަމަށް ހުރަސް އަޅާ، މި ޤައުމުގަ ހަމަޖެހުން އޮތަނުދީ އަބަދުވެސް ގަޑުބަޑުކަމެއްގެ ތެރޭގަ، އަބަދުވެސް އެކިކަހަލަ ތަޅާފޮޅުމުގެ ތެރޭގަ ދުއްވާލާނެ ބަޔަކު ވެއްދުމަކީ މި ޤައުމަށް ހަމަޖެހުން އަންނާނެ ކަމެއް ނޫން.
އަޅުގަނޑުގެ ސިޔާސަތަކީ ހަމަޖެހުން ޤާއިމް ކުރުން ހުރިހާ މާނައެއްގައިވެސް. ބަދަލުހިފުމުގެ ރޫޙު މި ޤައުމުން ނައްތާލުން. ނުފެންނާނެ މިއަދާ ހަމައަށް އައި އިރުގަވެސް ފެނިވަޑައިގެންފައެއް ނޯއްނާނެ، އަދި ކުރިއަށް އޮތްތާންގަވެސް ނުފެންނާނެ ކުރީޖަމާނުގެ، ކުރީގެ ވެރިކަންތަކުގަ ފެނުނުހެންނެއް. އޭރުގަ ރައީސްކަން ކުރި މީހުން ރައީސްކަން ކުރީތީ ގެންގޮސް ހައްޔަރު ކުރާތަނެއް. އޭރުގަ މިނިސްޓަރުކަން ކުރިމީހުން، މިނިސްޓަރުކަން ކުރީތީ ގެންގޮސް ހައްޔަރު ކުރާތަނެއް ނުފެންނާނެ މި ސަރުކާރަކުއެއް. އެ ބަދަލުހިފުމެއް ނުފެންނާނެ.
- ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން