މިދިޔަ 5 އަހަރު މަޖްލީހުގެ ސުޕަރ މެޖޯރިޓީ އޮވެމެ، މި މާލޭގެ ރައްޔިތުންނަށް، މި މާލޭގެ ގޮނޑިތަކުގައި ތިއްބެވި ބޭފުޅުން، އަދިވެސް ތިއްބެވި ބޭފުޅުން މި މައްސަލަ ހައްލު ނުކޮށްދެއްވަ ނޫންތޯ. ދައުރު ނިމެން ދެތިން ދުވަހަށް ވީމަ، ދެތިން ދުވަހޭ ދެއްތޯ ދެން ދެންނެވޭނީ. ދައުރު ނިމެން ހަމަ ވަރަށް ގާތް ވެފަ އޮއްވަނޫންތޯ މިކަމާ އުޅެއްފެށީ.
ރިޔާސީ އިންތިޚާބުގަ 2018 ގައި، ކެމްޕެއިން ކުރި އިރުގަ ވަޢުދުވި މާލޭގެ ރައްޔިތުންނަށް ގޯތި ދީ ނިންމާނަމޭ. އެކަން ނުވެ ގޮސް، ދެން އައީ މަޖްލީސް 2019. ވަޢުދުވީ މަޖްލީސް ލިބިގެންނޭ އެކަން ވާނީ. އެކަމެއް ނުވި. ނުކޮށް ދެއްވި. ދެން މާލޭގެ ރައްޔިތުން ނިންމެވީ އޭރުގަ އޮތް ސަރުކާރަށް އެހާ ބޮޑު ސުޕަރ މެޖޯރީޓީއެއް ދިނީމަވެސް އެކަން ނުވީމާ އުއްމީދު ގެއްލުނީ، އިތުބާރު ގެއްލުނީމާ ރައްޔިތުން އެހެން ގޮތެއް ޚިޔާރު ކުރަން ނިންމީ. މާލޭގެ މޭޔަރުކަމަށް އަޅުގަނޑު ކުރިމަތިލީމަ ހަމަ މާލޭގެ ރައްޔިތުން، އޭގެތެރޭގައި އެމް.ޑީ.ޕީ މެންބަރުން ހަމަ ގިނައިން ހިމެނޭނެ، ނިންމެވީ ސަރުކާރަށް މީގަ އެއްބަރު ލުންދޭންވީ އެއްވެސް ސަބަބެއް ނެތޭ މާލޭގެ މޭޔަރުކަމަށް ސަރުކާރުގެ ކެނޑިޑޭޓަކު ހޮވައިގެން.
އެޔެއްނޫންތޯ މި މަސެއްކަތްތައް ފެށިގެން އައި ހިސާބަކީ. ދެން ރައްޔިތުން އަޅުގަނޑު އޭރު ޚިޔާރު ކުރީ މޭޔަރުކަމަށް. އެ މަސެއްކަތް ފެށިގެން ސަރުކާރުން ހަމަ އެއްވެސް އެއްބަރުލުމެއް ނުދިން. ގުޅީފަޅު ހިއްކަމުން ދިޔައީ، އަޅުގަނޑު ދެންނެވިން އެތަނުގަ ޕޯރޓް އަޅާނެ ކަމެއް ނެތޭ ބޭކާރު ބޮޑު ޖާގައެކޭ ތި ގެއްލުވާލަނީ. ތިލަފުށްޓަށް ބަދަލުކޮށްލަ ދެއްވާށޭ. އެ ޖާގަކޮޅުވެސް މާލޭގެ ރައްޔިތުންނަށް ހުސްކޮށްދީ އެތަނުގަ ތިރީހަކަށް ހާސް މާލޭގެ ރައްޔިތުންނަށް ގޯތި ދެވެން އެބައޮތޭ. ފްލެޓްވެސް ދެވެން އެބައޮތޭ. ހަމަ ހިލާ އެ ދެއަހަރާއިބައި، އަޅުގަނޑު މޭޔަރަކަށް ހުރި އިރުގަ ކައުންސިލަށް އެއްވެސް ފުރުސަތެއް ނުދީ ސަރުކާރުންވެސް ވަގުތު ބޭކާރު ކޮށްލީ. މީ ނޫންތޯ ކަންވީގޮތް. ހަމަ މި މެޖޯރިޓީ، މިހާރުވެސް އެ މަޖްލީހުގަ އެބޭފުޅުން ތިއްބެވި. އޭރުވެސް ތއްބެވި.
އެހެންވީމަ ރައްޔިތުން ނިންމެވީ ރިޔާސީ އިންތިޚާބުގަ އެކަން ބަދަލުކުރަން. އަޅުގަނޑަށް އިތުބާރުކުރައްވާ މާލޭގެ ރައްޔިތުން އަޅުގަނޑަށް އެ ފުރުސަތު ދެއްވީ. އަދިވެސް ޝުކުރު ދަންނަވަން އިތުބަރު ކުރެއްވި ކަމަށްޓަކާ. އަޅުގަނޑު މިދޭ ޔަޤީންކަމަކީ، އަޅުގަނޑަށް ތިބޭފުޅުން މަސެއްކަތް ހަވާލު ކުރައްވާފަ އޭރުއްސުރެ މިއަދާ ހަމައަށްވެސް މި ކޮމަންކޮށް މި އޮތް މަޖްލިސް، އޭރުވެސް އެއްބާރު ލުން ނުދި ކަންތައްތައް ދިޔަގޮތް މިއޮތީ، މި ދެންނެވީ. މަޖްލީހުގެތެރޭގައި ސުޕަރ މެޖޯރިޓީ އޮވެމެ ސަރުކާރުވެސް އޮވެމެ މާލޭގެ ރައްޔިތުންގެ މި ގެދޮރުގެ މައްސަލަ ހައްލު ނުކޮށްދީ ފަހު ވަގުތި، ނަމެއްގަ ކަންކުރާ އުސޫލުން ގޯތިތައް ކަނޑުންނާއި ފަޅުންނާ ތަންތަނުން ބަހާ ނިންމާ، ފްލެޓްތައްވެސް ހަމަ އެންމެ ފަހުވަގުތު އަޅަން ފަށާ، އަދިވެސް އަޅުގަނޑުމެން އައިސް ބާރު ސްޕީޑުގަ މި ނިންމަނީ އެ ހަތަރުހާސް ފްލެޓްވެސް. މިކަން ކުރި ބަޔަކު އަދިވެސް މަޖްލީހުގަ ތިއްބަ އަނެއްކާވެސް އެމީހުންނަށް ދޭންވީތޯ ކުރިއަށް އޮތް 5 އަހަރު، އަޅުގަނޑާއި ތިބޭފުޅުން މާލޭގެ މި ގެދޮރުގެ މައްސަލަ ހައްލު ކުރަން ސަރުކާރު ހަވާލު ކޮށްފަ، އެއަށް ހުރަސް އަޅަން. މާލޭގެ ރައްޔިތުން ނިންމަންވީ މައްސަލައެއް މީ. 3 ދުވަސް ބާކީ އޮތީ. ވަރަށް ސާފު މައްސަލައެއްމީ.
ގެދޮރު އެކެއް، ދޭއް، ދިހައެއް ގޮސް ސަތޭކަ ވަނައަށްވެސް މާލޭގެ ރައްޔިތުންނަށް މުހިންމީ ގެދޮރުގެ މައްސަލަ ހައްލުކުރުން. މިތާ އެބަ ތިއްބެވި އެކަމަށްޓަކާ ރެއާއި ދުވާލު ޤުރުބާންވީ ބޮޑެތި ހަރަކާތްތައް ހަދައިގެން މަސެއްކަތް ކުރި ފަރާތްތައްވެސް. ގޯތި ހަރަކާތް ނަމުގަ މަސެއްކަތް ކުރެއްވި ބޭފުޅުންވެސް މިތާ އެބަ ތިއްބެވި. އެކަން ޤަބޫލު ނުކުރެވިގެން ވަޑައިގެން އަޅުގަނޑުމެންނާ އެކީގަ. އެހެންމަ މި މައްސަލަ ހައްލު ކުރުމުގަ ސަރުކާރަށް އަޅުގަނޑަށް ފުރުސަތު ރައްޔިތުން ސަރުކާރު ހިންގަން ދީފަ، އެޔަށް ހުރަސް އަޅުން މަޖްލިސް އެބޭފުޅުންނަށް ދިނީމަ މި ދެކޮޅެއް ނުޖެހެ. ދެކޮޅެއް ނުޖެހޭނެ.
އެހެންވީމަ ވަގުތު ބޭކާރު ކުރުމުގެ ބޭނުމެއް ނެތް. މާލޭގެ 17 ގޮނޑި އަޅުގަނޑުމެންގެ މެންބަރުންނަށް ދެއްވެވުމަކީ އަޅުގަނޑު ވަރަށް އަދަބުވެރިކާމާއެކީ އެދޭ ކަމެއް. އެޅުގަނޑު ބޭނުންވަނީ ނަތީޖާ ނެރެން. ތަރައްޤީގެ ނަތީޖާ ނެރެން. ތަރައްޤީގެ ނަތީޖާ ނެރެ ދައްކުވައި ދޭނަން އިރާދުކުރެއްވިއްޔާ މާލޭގެ ރައްޔިތުންނަށް.
އެހެންވީމަ، އެހެންވީމަ ފުރަތަމަ މަހު ވެރިކަމުގެ ފުރަތަމަ މަހު، މި ގުޅިފަޅާ ގިރާވަރުފަޅާ ހުޅުމާލެ ހިއްކައިގެން އަދި ނުފުދޭނެތީ 5 އަހަރު ނިމުމުގެ ކުރީގަ ދެން އެންމެ ކައިރިގައި އޮތް ފަޅުވެސް ހިއްކަން މި ފެށީ. އެތަން މިހާރު ފައްޓައިގެން އެތަން ހިއްކައިގެން، ދެން ތިބި މީހުންނަށްވެސް އެތަނުން ގޯތީ ދީ، ފްލެޓްދީ ހުރިހާކަމެއް 5 އަހަރުތެރޭ ނިންމަންވެގެން އެކަން ފެށީ، މީގެ ކުރީގަ ދިޔަ ސަރުކާރުތަކުން ހެދި ގޮތް ނަހަދަންވެގެން، ވެރިކަން ނިމެން ދެތިން މަހަށް ވީމަ މަސެއްކަތް ނުފަށާންވެގެން ކުރީބައިގަ ފެށީ އެހެންވެގެން.
އެހެންވީމަ، އިރާދުކުރެއްވިއްޔާ އޭރުގެ ސަރުކާރުން އަވަސްއަރުވާލާފަ ދޭން ނިންމި ގޯތިތައްވެސް ހަމަ ހަވާލު ކުރާނަން. އަޅުގަނޑަކީ ވަޢުދެއް ވެއްޖެއްޔާ އެ ވަޢުދެއް ފުއްދާނެ މީހެއް. މިހާރު ހުޅުމާލޭގަ އެދަނީ ޢަމަލީގޮތުން ގޯތި ހަވާލު ކުރަމުން. ކުޑަ ލަސްވުމެއް އައީ. ގޯތިތައް ދިނީ ބެލުމެއް ނެތި ހަމަ އާންމުކޮށް ކަންކުރިގޮތަށް އެބޭފުޅުން ކަން ކުރަމުން ދިޔަ ގޮތަށް. އެކިކަހަލަ ޕްރޮޖެކްޓްސްތަކަށް ދީފަހުރި ޓެމްޕަރަރީ ލޭންޑްސްތަކާވެސް އެއްކޮށް، މަގަކަށް ވެސް ބެލުމެއް ނެތް، ނަރުދަމާއަކަށްވެސް ބެލުމެއްނެތް. މިހާރު އެޗް.ޑީ.ސީ އިން އެ ހުރިހާ ތަންތަން ރަނގަޅުކޮށްފަ ގޯތިތައް އެދަނީ ފިޒިކަލީ ޢަމަލީގޮތުން ހަވާލު ކުރަމުން. ކަޑަ ޖަހަމުން، އިންފާރުތައް ރާނަން ހަވާލުކުރަމުން. އަދި ހަވާލުކުރަމުން ދާ ތަންތަން މިހާރު ބައެއް މީހުންނަށް އިމާރާތް ކުރުމުގެ ހުއްދަވެސް ދީފި. އެހެންމަ އަޅުގަނޑު ވީ ވަޢުދެއްވިއްޔާ ފުއްދާނަން. ފޭސް 3 ގަ ހިއްކަމުން ދާ ތަން ހަމަ އެޔޮށްދަނީ ހިއްކަމުން ނޫންތޯ؟ ހިއްކާ ނިންމާނަން. ގުޅީ ފަޅުންވެސް ހަމަ އެދަނީ ބާރު ސްޕީޑުގަ ހިއްކަމުން. ހަމަ އެތަނުންވެސް ވަޢުދުވީގޮތަށް އެ ފައިންލް ލިސްޓްގަ ގެޒެޓް ކުރި އެންމެންނަށް ގޯތި ހަވާލުކޮށް ނިންމާނަން.
އަދި އެތަންތަނުގަ އެތަނުގަ ބަގާ، ފެނާ، ނަރުދަމާ ، ކަރަންޓް. ހުރިހާ ޔުޓިލިޓީސް ހަވާލު ކޮށްފަ އެޔޮތީ އެކަން ކުރެވޭނެ ވަރުގެ ބޮޑު ކުންފުންޏަކާ. ހަވާލުކުރަން އެމް.އޯ.ޔޫ ގަ ސޮއެކޮށް ދެން ކޮންޓްރެކްޓާ ހަމައަށް ދާނެ. ހަމަ އެގޮތަށް ގިރާވަރު ފަޅުވެސް. އެހެންމަ މި ހުރިހާ ތަނެއް ހިއްކުމާއެކީގަ ވަޢުދުވީގޮތަށް، ގިރާވަރު ފަޅުން ގޯތި ދިން މީހުންގެ ތެރެއިން ބައެއް މީހުންނަށް އެފަޅު އެއްކޮށް ހިއްކިއަސް ގޯތި ނުދެވޭހާ ގިނައިން ގޯތި ދީފަ އޮތީމަ، އެބޭފުޅުންނަށް އަޅުގަނޑުމެން އޯޕަން މި ކޯށްލީ އެތަނުން ގާތްގަނޑަކަށް 1100، 1200 އެއްހާ ގޯތި ގުޅީފަޅަށް ބަދަލު ކޮށްގެން ނޫނިއްޔާ، ގުޅީފަޅުގަ ޖާގަވެސް އެބައޮތް އަޅުގަޑުމެން ތިލަފުށްޓަކަށް ޕޯރޓް ބަދަލުކޮށްފަ އޮތީމަ މިހާރު.
އެހެންވީމަ، ގިރާވަރު ފަޅާ، ގުޅީ ފަޅުގަ ގޯތި ދިން އެންމެންނަށް ގޯތިތައް ހަވާލު ކުރުމުގެ މަސެއްކަތް ވަޢުދާ އެއްގޮތަށް ދާނީ. އޭގެ އިތުރަށް ފްލެޓް އެޅުމާއި، މިހާރު އަޅާފަ އެހެރަ ފްލެޓްތައް ހަވާލު ކުރުންވެސް ހަމަ ވަޢުދުވީގޮތަށް. އަޅުގަނޑު ވަޢުދުވީ ކަމެއްވެއްޖެއްޔާ ފުއްދާނަން.
ދެން ޤާނޫނުގަ އޮތްގޮތަށް ކަމެއް ކުރަން ޖެހުމަކީ އަޅުގަނޑު ގެ ޒިންމާއަކަށްވާތީ" އޭސީސީއިން މައްސަލައެއް ހުށައެޅީމަ،އެކަން ބަލަނީ. އޭ.ސީ.ސީ އިން މައްސަލަ ޖެއްސީމަ، އެކަން ބަލާލަން ޖެހޭތީ ބަލަނީ. އަޅުގަނޑު ބޭނުމެއް ނޫން، އެންމެ މީހެއްގެވެސް ފްލެޓް އަތުލާކަށް. އަޅުގަނުޑު އިރާދުކުރެއްވިއްޔާ ހަމަ ވަރަށް ބޮޑަށް ޤަބޫލުކުރަން މާ ލަސްތަކެއް ނުވެ އެ ހަތަރުހާސް ރައްޔިތުންނާ ފްލެޓްތައް ހަވާލްކޮށް ނިންމާލެވޭނެ.
- ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން