ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރަން ސްޓެލްކޯގެ ގިނަދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް އެސިޓީއަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރަން ސްޓެލްކޯގެ ގިނަދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް އެސިޓީއަށް!

"ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށް ފެނަކައިގެ އެދުމުގެ މަތިން މިކުންފުނީގެ ގިނަދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް ދަނީ ކުޅުދުއްފުށި ސިޓީއަށް ދަތުރު ކުރަމުން. މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންގެ ޓީމާއި ފެނަކައިގެ މުވައްޒަފުން ގުޅިގެން އެ މައްސަލަ ޙައްލުކޮށް ވީއެންމެ އަވަހަކަށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ކަަރަންޓުގެ ޚިދުމަތް ޔަގީންކޮށްދެވިގެންދާނެ."

- ޙުސައިން ފަހުމީ/ މެނޭޖިންގ ޑިރެކްޓަރ ސްޓެލްކޯ

ކަރަންޓުގެ ޚިދުމަތް ދިނުމަށް ދާދިފަހުން ދުވާފަރުގައި ކުރިމަތިވި މައްސަލަ ޙައްލުކުރެވުނީވެސް ސްޓެލްކޯގެ ތަޖުރިބާކާރުންގެ ޓީމެއް އެރަށަށްގޮސް ފެނަކައިގެ މުވައްޒިފުންނާއި ގުޅިގެން މަސައްކަތްކޮށްގެންކަން ފާހަގަކުރެވެއެވެ.  

ކަރަންޓުގެ ޚިދުމަތަކީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ، މެދުކެނޑުމެން އެންމެ ގިނަ މައްސަލަތައް ކުރިމަތިވާ ޚިދުމަތްކަމަށްވުމުން ސްޓެލްކޯއިން މިފަދަ ކަންކަމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ވީހާ އަވަހަށް ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދޭންކަން ފާހަގަކުރެވެއެވެ. އެރަށަކީ އެހެން ކުންފުންޏަކުން ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ރަށެއްނަމަވެސް ވީހާއަވަހަކަށް މައްސަލަ ޙައްލުކޮށްދޭން ސްޓެލްކޯއިން މަސައްކަތްކުރާތަން ފެނި ގިނަ ބައަކު އެކަމަށް ޝުކުރުވެރިވެއެވެ.  

މިއަދު އޮންލައިން