އަޅުގަނޑުގެ މައްޗަށް ބާރު ހިންގާނީ ދިވެހި ރައްޔިތުން، ބޭރު ސަފީރެއް ނޫން: ރައިސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އަޅުގަނޑުގެ މައްޗަށް ބާރު ހިންގާނީ ދިވެހި ރައްޔިތުން، ބޭރު ސަފީރެއް ނޫން: ރައިސް

އަޅުގަނޑުގެ މައްޗަށް ބާރު ހިންގާނީ ދިވެހި ރައްޔިތުން، ބޭރު ސަފީރެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރިން ކަން ހިނގާފައި އޮތީ ބޭރުގެ ކޮންމެސް ސަފީރަކު ވިދާޅުވާނީ ކަންކުރަންވީ ގޮތް، ރައީސުލްޖުމްހޫރިއްޔާއަކީ ނަމެއްގަ ހުންނަ ބޭފުޅެއް ކަމަށެވެ.

"އެކަން ނޫންތޯ ރައްޔިތުން ބަދަލުކުރެއްވީ. ދިވެހިންގެ ރާއްޖެ މުހިންމުވީ އެހެންވެ. މިހާރު އަޅުގަނޑުގެ މައްޗަށް ބާރު ހިންގާނެ އެއްވެސް ބޭރު ސަފީރެއް ނުހުންނާނެ. ދިވެހި ރައްޔިތުން އަޅުގަނޑުގެ މައްޗަށް ބާރު ހިންގާނީ." ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖލީހަކީވެސް އެގޮތަށް މަސައްކަތްކުރާ ތަނަކަށް ހެދުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައިކަމަށެވެ. އަދި ޤައުމުގެ މިނިވަންކަން ކަށަވަރުކުރުމަށް އިތުރަށް ހުރި ކަންކަންކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހަކަށް ފުރުޞަތު ދެއްވުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ޤައުމަށް ހަޖެހުން ގެނައުމަށް ބޭނުންވާކަމަށާއި، އެކަން ކުރެވޭނީ އެ ވިސްނުމުގެ މީހުންނަށްކަމަށެވެ. ތަޅާފޮޅުމަށް ފުރުޞަތު ދޭނެ މީހުން ބޭނުންނުވާކަމަށާއި، ބޭރު ބައެއްގެ އެޖެންޑާ ހިންގަން ފުރުޞަތު ދިނުމަކީ ދިވެހީންގެ މަސްހަލަތު އޮތްގޮތް ނޫންކަމަށެވެ.

މިއަދު އޮންލައިން