އައްޑޫ ސިޓީއަށް ވަޑައިގަތުން ރައީސް ޑރ.މުޢިއްޒު އަށް ހޫނު މަރުހަބާއެއް ދަންނަވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
އައްޑޫ ސިޓީއަށް ވަޑައިގަތުން ރައީސް ޑރ.މުޢިއްޒު އަށް ހޫނު މަރުހަބާއެއް ދަންނަވައިފި

އައްޑޫ ސިޓީއަށް ވަޑައިގަތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ރައީސް އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގައި އެ ސިޓީގެ އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ. ވިއްސާރަވިނަމަވެސް ފެނިގެންދިޔައީ ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ އެމަނިކުފާނަށް މަރުހަބާ ދަންނެވި މަންޒަރެވެ. އަދި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނާއެކު ފޮޓޯ ވެސް ނަންގަވާފައެވެ. މަރުހަބާ ދެންނެވުމަށް އެއްވި އާންމުންނާއި ސަލާމްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގިނަ ވަގުތުތަކެއް ހޭދަކުރައްވާފައެވެ.

ރައްޔިތުން ވަނީ ރައީސް އެ ސިޓީއަށް ވަޑައިގަތުމުން އެމީހުންގެ ޝުއޫރު ވެސް ފާޅުކުރައްވާފައެވެ. އެގޮތުން "މިއީ އަހަރުމެންގެ "އައްޑޫ ރައީސް، ބްރިޖު ރައީސް" މިފަދަ ޝުއޫރުތައް ވަނީ ފާޅުކޮށްފައެވެ.

 

މިއަދު އޮންލައިން