މާވަށު ކައުންސިލާއި އ.ތ.މ ކޮމިޓީއާ ރައީސް ބައްދަލުކުރައްވައި ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
މާވަށު ކައުންސިލާއި އ.ތ.މ ކޮމިޓީއާ ރައީސް ބައްދަލުކުރައްވައި ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާވަށު ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ހައްދުންމަތީ މާވަށު ކަންސިލް އިދާރާގައެވެ.

ރައީސުލްޖުމްހޫރިއްޔާ ލާމު އަތޮޅަށް ކުރައްވާ ޒިޔާރަތުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން މާވަށަށް މިއަދު ވަޑައިގެންނެވުމަކީ މި ސަރުކާރުން މާވަށަށް ދެއްވާ އިސްކަން ހާމަވިކަމެއް ކަމުގައި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ދަތުރުފަތުރުގެ ދަތިކަމާއި ލާމު އަތޮޅުގެ އެހެން ރަށްރަށާ ހުރި ދުރުމިން ފާހަގަކުރައްވާ މާވަށު ކައުންސިލުން ވަނީ ހައްދުންމަތީގައި ދެވަނަ އެއަރޕޯޓެއް ޤާއިމުކުރާނަމަ މާވަށުގައި އެ އެއަރޕޯޓު ޤާއިމުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ޓޫރިޒަމް ތަރައްޤީ ކުރުމާއި ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމާއި ގޯތި ދިނުމަށް ބިން ދޫކުރުމަށް ބިން ހިއްކުމުގެ މުހިންމުކަމުގެ މައްޗަށް ކައުންސިލް މެންބަރުންގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކުރިޔަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

މިއަދު އޮންލައިން